ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ނަމަވެސް ތަހުގީގު ކުރަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އާރްޑީސީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި މިއަދު ރިޕޯޓްކޮށްފައިވެ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކަމަށް ވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
އެކަމާ ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ އެ ކުންފުންޏާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައިނުވާނެ ކަމަށެވެ. އަދި އެކަމަށް ޖަވާބުދޭން އެނގޭނީ ކޮން މައްސަލައެއް އެނގުމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		 ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުދެވޭނެ
			ހަމާސްގެ އެއްވެސް ލީޑަރަކަށް ހިމާޔަތް ނުދެވޭނެ
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					