އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް މިމަސް ނިމުމުގެ ކުރިން ފޮނުވާ ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

Adv by Dhiraagu
Dhiraagu
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްވާން ޖެހޭ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ސްކޫލުތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މަސައްކަތް މިހާރު ކުރިއަށްދާއިރު މިމަހުގެ ނިޔަލަށް ހުރިހާ ފޮތްތަކެއް ސްކޫލުތަކަށް ފޮނުވާ ނިމިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރެ އެވެ.

ދިރާސީ އާ އަހަރު ފެށުމަށް ސްކޫލުތަކުން މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ. އެގޮތުން ސްކޫލްތަކަށް އެންމެ އިސްކަން ދީފެން ކުރިއަށްދާ އެއް ކަމަކީ މާއްދާތައް ކިޔަވައިދޭނެ ޓީޗަރުން ހަމަކުރުމެވެ.

ދިރާސީ އާ އަހަރު ފެށޭއިރު މާލެ ސަރަހައްދުގައި ހުންނަ ސީއެޗްއެސްސީ ސުކޫލު ހުޅުމާލޭގައި ހަދާފައިވާ އާ އިމާރާތަށް ބަދަލުކުރެވޭނެއެވެ. އަދި ދަރުމަވަންތަ ސުކޫލުގެ އާ އިމާރާތަށް އެ ސުކޫލު ބަދަލުކޮށް މިހާރު ދަރުމަވަންތަ ހިންގަމުން އަންނަ އިމާރާތަށް އަރަބިއްޔާ ސުކޫލުގެ ދަރިވަރުން ބަދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ސަލާހުއްދީން ސްކޫލުގައި ވެސް ކިޔަވައިދިނުމަށް ވަނީ ނިންމާފަ އެވެ.