ފެބްރުއަރީ މަހު ބެއްވި އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް އެ ޕާޓީން ވަކިކުރިކަމަށް ބުނާ 39،000 މެމްބަރުން ދަ ޑިމޮކްރެޓްސްއާ ގުޅުމުގެ ދައުވަތު ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ދެއްވައިފި އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އަށް ސޮއިކުރެއްވުމަށް ބޭއްވި ޖަލްސާގައި ހަސަން ވިދާޅުވީ އެމްޑީޕީ ހިންގަމުން އަންނަ ގޮތާ މެދު ހިތްހަމަނުޖެހިގެން ވަރަށް ގިނަ މެމްބަރުން އެހެން ޕާޓީއެއް ހަދަން އެދެމުން ދިޔަ ކަމަށެވެ. މެމްބަރުންގެ މެދުގައި އެންމެ ބޮޑު ހިއްހަމަނުޖެހުމެއް އޮތީ އެމްޑީޕީ ވުޖޫދު ކުރި އަސްލު މަގުސަދު އޮޅުވާލާ ޕާޓީގެ އަސާސްތަކާއި ޕާޓީގެ އުސޫލްތައް ދޫކޮށްލާ ޕާޓީން އެހެން ވިޔަފާރިއެއް ކުރަން ފެށުމުން ކަމަށް ހަސަން ވިދާޅުވި އެވެ.
އެހެން ޕާޓީއެއް އުފައްދަން މެމްބަރުން އެދެމުން ދިޔަ މައިގަނޑު ސަބަބަކީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރުމުގެ ބޭނުމުގައި ރައީސް ޞާލިހު އެމަނިކުފާނަށް ތާއިދުނުކުރާ މެމްބަރުން ޕާޓީން ވަކިކުރަން ފެށުމުން ކަމަށެވެ.
"އޭގެ ތެރެއިން އެއް ސަބަބު އެއީ ރައީސް ޞަލިހަށް ތާއިދު ނުކުރާ މެމްބަރުން ޕާޓީން ވަކިކުރުން، ގާތް ގަނޑަކަށް 40000 މީހުން ގަނޑުކޮށް ވަކިކޮށްލީ އަހާލުމެއް ކަހާލުމެއް ނެތި. އެ މެމްބަރުންނާ ދެތެރޭ އެއްވެސް ރަހުމެއް ނެތި. އެމީހުންނަކީ އެމްޑީޕީ އުފައްދަން މަސައްކަތްކުރި އެމްޑީޕީގެ ބާނީންގެ ގޮތުގައި ވެސް ތިބި މީހުން،" ހަސަން ވިދާޅުވި އެވެ.
ރައީސް ނަޝިދު ޑިމޮކްރެޓްސް އަށް ސޮއިކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވެ ހަސަން ވަނީ އެމްޑީޕީން ވަކި ކުރި 39،000 މެމްބަރުން ދަ ޑިމޮކްރެޓްސްއާ ގުޅުމަށް ދައުވަތު ދެއްވާފަ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު އެމަނިކުފަނު އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އުފެއްދެވި އެވެ. އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް އެޕާޓީން ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ޕާޓީން ވަކިކޮށްފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ބުނަމުންގެންދިޔަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ޕްރައިމަރީގައި ރައީސަށް 61 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.
ތިޔަބުނާ 39000 ހާސް މީހުންނަކީ ޖޭޕީއާ ޕީޕީއެމް އާއި އެމްެއެން ޕީއާއި އަދާލަތު ޕާޓިީގެ މީހުން ބިއްލޫރި ތަޅާ ކެސްޕާސަނަކަށް ހުރީރު އެމްޑާޕީއަށް ވަގަށް ވަށްދާފައި ތިބިމީހުން މިހާރު ޗެއާރޕާސަން ފަށްޔާޒުވެސް ވިދާޅުވޭ އަދި ދިވެހި ހުރިހާ ރަށްޔިތުންނަށް އެކަންވެސް ހަމަރަނގަޅަށް އެނގޭ ތިޔަބުނާ ބަޔަކު ނޫޅޭ ދަނޑިދަމާ ޑިމޮކު ރެސީއަކާގުޅޭކަށް ވަރަށް ވަރަށް ސާފް އިނގޭ ތަލަބޯ