ކ. ތިލަފުށީ ބަނދަރު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ސްޕީޑެއް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ވޯކްޝޮޕް އިމާރާތާއި ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށް ގާއިމުކުރާ އެޑްމިނިސްޓްރޭޓިވް އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށެވެ.
އެ ބަނދަރުގެ ދުއްވާ ސަރަހައްދު ގާއިމުކުރުމަށް ބޭނުންވާ ހޮޅިވަޅުލުމާއި ކޮންކްރީޓް މަސައްކަތްތައް ވެސް ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީ ބުނީ އެ މަޝްރޫއުގެ ދަށުން ތިލަފުށީގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި ދުއްވާ ސަރަހައްދާއި ފެން ރައްކާކުރާ ތަނަކާއި ވެހިކަލް ޕާކް ކުރާ ތަނެއް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެތަނުގައި ވޯކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
ޕުރޮޖެކް ތައް ބާރައް 0 ޓޮލެރެންސް ޖީބައް ހަބޭސް