ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ އަޔުޝްމާން ޚުރާނާ އޭނާގެ ސަޕޯޓަރުންގެ އަޑު އަހައި އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފި އެވެ.

އަޔުޝްމާންއަކީ އެކި ގޮތްގޮތަށް އިސްތަށިގަނޑު ސްޓައިލް ކުރަން މަޝްހޫރު ތަރިއަކަށްވާއިރު އެއް ގޮތަކަށް އިސްތަށިގަނޑު ހުންނަތާ މާ ގިނަ ދުވަސްވާން ފެށުމުން ސްޓައިލް ބަދަލުކުރަން ސަޕޯޓަރުން ސޯޝަލް މީޑިއާގައި އެދެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން އެންމެ ފަހުން އަޔުޝްމާން ވަނީ އިސްތަށިގަނޑު ކުރުކޮށް ކޮށާލައި ވަރަށް "ސްމާޓް ލުކް" އެއް އިސްތަށިގަނޑަށް ގެނެސްފަ އެވެ.

ޒީނަތްތެރިވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަޔުޝްމާން ބުނީ އެކި ގޮތްގޮތަށް އިސްތަށިގަނޑު ސްޓައިލް ކުރުމަކީ އޭނާ އަބަދުވެސް ކުރާހިތްވާ ކަމެއް ކަމަށާއި އެއީ އޭނާގެ ޝަހުސިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ.

"ނަސީބު ހުރި ގޮތުން އަހަންނަކީ އެކްޓަރަކަށް ވުމުން އެކި ފިލްމުތަކަށް އެކި ގޮތަށް އިސްތަށިގަނޑު ސްޓައިލް ކުރުމުގެ ފުރުސަތު އަހަންނަށް ލިބޭ" އަޔުޝްމާން ބުންޏެވެ.

އޭނާ އިތުރަށް ބުނީ އިސްތަށިގަނޑު ކޮށާލުމަށްފަހު އޭނާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ގިނަ ބައެއްގެ ތައުރީފް ލިބެމުން އަންނަ ކަމަށެވެ.