ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މިއަހަރުގެ ޓޫރިސްޓް ސީޒަނާ ދިމާކޮށް ހިދުމަތް ފުޅާ ކުރުމަށް އިތުރު ސީޕްލޭނެއް ގެނެސްފި އެވެ.
ޓީއެމްއޭއަށް އަލަށް ގެނައި ބޯޓާއެކު މިހާރު އެކުންފުނީގައި ބޭނުންކުރާ ބޯޓުގެ އަދަދު 63 އަށް ވަނީ އަރާފަ އެވެ.
ޓީއެމްއޭ އިން މިފަހަރު ވެސް ރާއްޖެ ގެނެސްފައި ވަނީ ޑީއެޗްސީ 6 - ޓުވިން އޮޓޯ މަރުކާގެ ދެ ބޯޓެކެވެ. އަދި އެ ކުންފުނިން އަންނަނީ އަލަށް ގެނައި ދެ ބޯޓާއެކު ދެކުނުގެ އަތޮޅުތަށް ކަމަށްވާ ލާމު އަދި ގއ. ގައި މި އޮޕަރޭޝަންތައް ފެށުމަށް ތައްޔާރު ވަމުންނެވެ.
އެ ކުންފުނިން ބުނީ މި ބޯޓު ގެނައީ ރާއްޖޭގެ ޓޫރިޒަމް ހަރަކާތްތައް އިތުރުވަމުން އަންނާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ޓީއެމްއޭގެ ފްލީޓް ބޮޑުކުރަމުން އަންނައިރު، ރާއްޖޭގެ ޓޫރިޒަމް ފުޅާވެ، އިތުރު ރިސޯޓުތަކެެއް ވެސް އަންނަނީ ހުޅުވަމުންކަން އެ ކުންފުނިން ފާހަގަކުރެ އެވެ
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގައި ޓީއެމްއޭގެ ދައުރު ވަރަށް ބޮޑެވެ.
ޓީއެމްއޭ މީގެ 30 އަހަރު ކުރިން އުފެދުނީ އެންމެ ދެ މަތިންދާބޯޓާއި ހަތަރު ފަސިންޖަރުންނާއެކު އެވެ. ނަމަވެސް މިހާރު ޓީއެމްއޭ އިން 14 އަތޮޅެއްގެ 80 އަށްވުރެ ގިނަ ރިސޯޓަށް އަހަރަކު މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިދެ އެވެ.
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން