މާލެ އަށް މިރޭ ކުރި ވިއްސާރާގައި ފެމިލީ ކޯޓުގެ ތެރެއަށް ފުރާޅުން ފެން ފައިބައި ބޮޑެތި ގެއްލުން ވެއްޖެ އެވެ.
ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހެންވޭރުގައި ހުންނަ ފެމިލީ ކޯޓުގެ އިމާރާތުގެ ފުރާޅުގެ އެކި ދިމަދިމާލުން ވަރަށް ގިނަ އަދަދަކަށް ފެން ފޭބުމުން ބައެއް ލިޔެކިޔުންތަކަށާއި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ގެއްލުންވެފައިވާ ކަމަށެވެ.
ވާރޭ ވެހޭތީ، ކޮމްޕިއުޓަރު ސިސްޓަމްތައް މަތީގައި ސަތަރި އަޅާފައިފަ އެވެ. އެ ކޯޓުގެ ސާވާ ރޫމަށް ވެންދަނެ ސާވަ ވެސް ވަނީ ޑައުންވެފަ އެވެ.
"ސާވާގެ ސުވިޗް ސިސްޓަމަށް ވަނީ ފެން އެޅިފައި. ބަައެއް ޑޮކިއުމަންޓްތައް ވެސް ވަނީ ހަލާކުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
ހެންވޭރުގައި ހުންނަ ފެމެލީ ކޯޓުގެ އިމާރާތުގައި ކުރިއަށްދަނީ ކައިވެންޏާ ގުޅޭ ކަންކަމެވެ.
އެ އޮފިޝަލް ވިދާޅުވީ ފުރާޅުން ފެން ފައިބާ މައްސަލަ ޑީޖެއޭގެ ސަމާލުކަމަށް ގެނައިތާ އެތައް މަހެއް ވެއްޖެ ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށެވެ.
މީގެ ކުރިން ވެސް ވާރޭ ވެހޭއިރު ފެމިލީ ކޯޓުގެ ތެރެއަށް ފެންވަދެ ތަކެއްޗަށް ގެއްލުންވެފައިވެ އެވެ.
އަހަރުގެ އެންމެ ބިރުވެރި ފިލްމު "އޮބްސެޝަން" ސިނަމާތަކުގައި!
ގިނަ ދިވެހިންނަށް ބަރުދަން ލުއި ކުރަން އުނދަގޫވަނީ ކީއްވެ؟
ދިރާގަށް ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026ގެ ޓެލްކޯ އޮފް ދަ އިޔާ
