ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

މިފަހަރު ސޮނާކްޝީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޕަޓީނާ މޯލްޑިވްސް ރިސޯޓުގަ އެވެ. ޗުއްޓީއަށް އޭނާ ރާއްޖެ އައީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

އޭނާ އަކީ އަބަދުވެސް ރާއްޖެއަށް އަންނަ ހިތްވާ ބަތަލާ އެކެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި އިންޑިއާއަށް ގޮސްވެ އަބަދުވެސް ރާއްޖެ ވާހަކަ ދައްކާ ފަންނާނެކެވެ.

ސޮނާކްޝީ އަންނަނީ އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން ރާއްޖޭގެ ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯޓައް ހިއްސާ ކުރަމުންނެވެ. މިފޮޓޯތަކަށް ގިނަ ބައެއް ޝަކުވެރިކަން ވަނީ ލިބިގެން ގޮސްފަ އެވެ.

ސޮނާކްޝީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް

މިދިޔަ އަހަރު ވެސް ސޯނާކްޝި ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފަ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސޮނާކްޝީ ރާއްޖެއަށް ކުރި ދަތުރުގައި ވަނީ އޯޕަން ވޯޓާ ޑައިވިން ކޯހެއް ވެސް ހަދައި، އެއިން 100 މާކްސް ވެސް ހޯދައިފަ އެވެ.

ސޮނާކްޝީ މިހާރު މަސައްކަތް ކުރަމުން އަންނަނީ "ކަކުޑާ" ކިޔާ ހޮރޯ ކޮމެޑީ ފިލްމެއްގަ އެވެ. ރިތޭޝް ދޭޝްމުކް އާއި ސާގިބް ސަލީމް ވެސް އުޅޭ އެ ފިލްމު ރިލީޒްކުރަނީ އަންނަ މަހު 13 ގަ އެވެ.