އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި ނޫސްވެރީންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ވަނީ އެ ދައުވަތު ހުރިހާ މީޑިއާތަކަށް ރޭ ފޮނުވައިފަ އެވެ. މި ބައްދަލުވުން އޮތީ މިރޭ 8:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.

މި ބައްދަލްވުމުގައި މީޑިއާތަކުން ވަކި އަދަދެއްގެ ނޫސްވެރީން ބައިވެރި ކުރުމުގެ ބަދަލުގައި ހުރިހާ ނޫސްވެރީން ބައިވެރިވުމުގެ ފުރުސަތު އޮތް ކަން ވެސް ވަނީ އަންގައިފަ އެވެ. މުއިއްޒަކީ ނޫސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެކެވެ.

މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.