ރާއްޖެ އަށް އެންމެ ގިނައިން ޗުއްޓީ އަށް އަންނަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ ޝިލްޕާ ޝެޓީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

މިފަހަރު ޝިލްޕާ ރާއްޖެ އައިސްފައިވަނީ އާއިލާ މެންބަރުންނާއި ގާތް އެކުވެރިންނާއެކު އެވެ.

ޝިލްޕާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުޑަ ވިލިނގިލި ރިސޯގައި އެވެ. އޭނާ ވަނީ އެ ރިސޯޓުގައި ނަގައިފައިވާ ގިނަ ފޮޓޯ ތަކަކާއި ވީޑިއޯ ތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

https://www.instagram.com/p/Czvw-JRSGFQ/

ޝިލްޕާ އަކީ ވަރަށް ގިނަ އިން ރާއްޖޭ އަންނަ ބަތަލާ އެކެވެ. އޭނާ ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސްފަ އެވެ.

1993 ވަނަ އަހަރު ޝާހްރުކް ޚާން އާއި ކާޖޮލް އެކުގައި ފެނިގެންދިޔަ "ބާޒީގަރް" އިން ބޮލީވުޑަށް ތައާރަފްވި ޝިލްޕާގެ އެންމެ މަގްބޫލު ފިލްމު ތަކުގެ ތެރޭގައި "ދަޅްކަން"، "ޕިރް މިލޭގީ"، "ދަސް" އަދި "ރިޝްތޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.

މިދުވަސްކޮޅު އިންޑިއާގައި ފާހަގަކުރާ ދިވާލީއާއި ގުޅިގެން ގިނަ ބޮލީވުޑް ފަންނާނުން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.