މިއަދު މެންދުރު ފަހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތެއް ނުލިބެ އެވެ. މިއާއެކު ރައްޔިތުންގެ ޝަކުވާ ވަނީ އިތުރުވެގެން ގޮސްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފެން ކެނޑިފައި ވަނީ ފެން ޕަމްޕަށް ކަރަންޓު ދިނުމުގައި ކުއްލި ގޮތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން ޝަކުވާތައް ލިބުނު ކަމަށާއި މެންދުރުގެ ވަގުތެއްގައި މައްސަލަ ފާހަގަވެ އެކަން ހައްލު ކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން އަންނަ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ފެނަކައިން ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެން އުޅެނީ ފެން ޕްލާންޓުގެ ކަރަންޓު މައްސަލަތަކެއް ކުރިމަތިވެގެން ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ޓެކްނިކަލް ޓީމުން ކުރަމުން އަންނަ ކަމަށްވެސް ފެނަކައިން ބުނެ އެވެ.
ފެނުގެ ހިދުމަތް މެދު ކެނޑިފައި ވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އިންނެވެ.
"ފްރީޑަމް 250"އިން ފަންނާނުން ވަކިވާތީ ޓްރަމްޕް ރުޅިގަދަ ވެއްޖެ
އަދަދުގެ އެޑިޓަރު ހަސަންގެ ޝަރީއަތް ޖޫން 8 ގައި
ދުންފަތުގެ ޑިއުޓީއާ ގުޅިގެން ޔޫޓާނެއް ނުނަގަން: ރައީސް