ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަޔުޝްމާން ޚުރާނާ ދުވަހަކު ވެސް ރާބޮއި ދުންފަތުގެ އިސްތިއުމާލު ކޮށްފައިނުވާ ކަމަށް އޭނާގެ ކޮއްކޮ އަޕަރްޝަކްތީ ހުރާނާ ބުނެފި އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަޕަރްޝަކްތީ ބުނެފައިވަނީ އެ ދެބެއިންގެ ބައްޕައަކީ ވަރަށް ހަރުކަށި މީހެއް ކަމަށާއި އޭގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް އެދެވޭ އަސަރުތަކެއް ކުރުވި ކަމަށެވެ. އެގޮތުން ބައްޕަގެ ހަރުކަށިކަމުން އޭނާއާއި އަޔުޝްމާން ވެސް ވަރަށް ގިނަ ނުބައި އާދަތަކުން ދުރުވި ކަމަށް އަޕަރްޝަކްތީ ބުނެފައިވެ އެވެ.

އަޕަރްޝަކްތީ އތުރަށް ބުނީ ދުންފަތުގެ އސްތިއުމާލު ކުރުމާއި މަސްތުވާތަކެތިން ދުރުވެ ތިބުމަކީ އެމީހުންގެ މަސައްކަތަށް ވެސް ވަރަށް އެދެވޭ އަސަރުތަކެއް ކުރި ކަމެއް ކަމަށެވެ.

އަޔުޝްމާންއަކީ "ވިކީ ޑޮނާ"، "ބަދާއީހޯ" އަދި "ޑްރީމް ގާލް"ފަދަ ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އަޕަރްޝަކްތީއަކީ ވެސް އެކްޓަރެކެވެ.