ބިޕާޝާ ބާސޫއާއި ކަރަން ސިންގް ގްރޯވާއަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ ވަރުގެ ފިޓް ދެމަފިރިންނެވެ. މިހާރު އެ ދެމަފިރިން ތިބީ ކަރަންގެ އުފަންދުވަސް ފާހަގަކުރަން ރާއްޖޭގަ އެވެ.
މިއަދު ހެނދުނު ބިޕާޝާ ވަނީ ފިރިމީހާ ކަރަން އަށް އުފާވެރި އުފަންދުވަހަކަށް އެދި ލޯބި ޕޯސްޓެއް ކޮށްފަ އެވެ. އަދި މިއީ އަހަރެއްގައި އަންނަ ދުވަސްތަކުގެ ތެރެއިން ދެވަނަ އަށް އޭނާއަށް އެންމެ ކަމުދާ ދުވަސްކަމުގައި ވެސް ބުނެފައިވެ އެވެ.
ބިޕާޝާއަކީ އަބަދުވެސް ފިރިމީހާއާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ލޯބި ޕޯސްޓުތައް ހިއްސާކުރާ ތަރިއެކެވެ. މިހާރުވެސް ބިޕާޝާ ދަނީ ރާއްޖޭގައި އެ ދެމަފިރިން ނަގާފައިވާ ލޯބި ފޮޓޯތައް ހިއްސާކުރަމުންނެވެ.
ޔޫރޭނިއަމްއާ ގުޅުވައި ޓްރަމްޕް ހެދި ބޮޑު ދޮގަށް އީރާނުގެ ރައްދު
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
