ހުޅުމާލެއިން ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީ އަންހެނެކެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ހުޅުމާލެ މޫދަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ ތައިލެންޑު އަންހެނެއް ކަމަށެވެ. އެއީ އުމުރުން 55 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ މަގާމު އަލުން އެޕަލް އަށް
ބީޓީއެސްގެ އާ މިއުޒިކް ވީޑިއޯއިން ބޭންޑްގެ އާއްމު ދިރިއުޅުން!
މެސީ އާއި ޔަމާލްގެ ފުރަތަމަ ފެނުން: މެސީއަށް ގަބޫލުކުރަން ދަތި