ކޯރަކަށް ވެެއްޓި އޮސްޓްރޭލިޔާގެ ޑޮކްޓަރެއް ކިނބުލެއްގެ ޝިކާރައަކަށް ވެއްޖެ އެވެ.

ޑރ. ޑޭވިޑް ހޮގްބިން ނަމަކަށް ކިޔާ މީހަކު އަންހެނުންނާއި ކުޑަ ތިން ކުދިން ގޮވައިގެން ކެރަވަން ދަތުރެއްގައި އުޅެނިކޮށް ދަނިކޮށް އޭނާ ވަނީ ހިނގާމަގުުން ކައްސައިލައިގެން ގޮސް ކޯރަށް ވެއްޓިފަ އެވެ.

މި ކޯރުގެ އައްސޭރިފަށަކީ ވަރަށް އަޑިކޮށް ކައްސާ ގޮތަށް އޮންނަ ދިމާލެކެވެ. އޭނާ ވެއްޓުމުން އޭނާގެ އަންހެނުން އޭނާ ނަގަން މަަސައްކަތް ކުރި އެވެ. ނަމަވެސް، ދެމީހުން ވެސް ގަނބައިގެން ދާނެ ކަމަށް ބެލެވޭތީ، ޑޭވިޑް ވަނީ އޭނާގެ އަންހެނުންގެ ފުރާނަ ސަލާމަތްކުރުމަށް އޭނާގެ އަތް ދޫކޮށްލާފަ އެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ޑޭވިޑް ވަނީ އެ ކޯރުގައި އުޅޭ ކިނބުލުގެ ޝީކާރައަށްވެފަ އެވެ.

ޑޭވިޑް ގެއްލުނު ތަނާ ދެ މޭލު ދުރުން އޮސްޓްރޭލިޔާގެ ރޭންޖާސް ފިރިހެން ކިނބުލެއް މަރާލާފައިވާ ކަން ފުލުހުން ވަނީ އަންގާރަ ދުވަހު ކަށަވަރުކޮށްދީފަ އެވެ. އެ ޖަނަވާރުގެ ތެރެއިން އިންސާނުންގެ ހަށިތައް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އޮސްޓްރޭލިއާގައި މި އަހަރު ކިނބުލެއްގެ ހަމަލާތަކުގައި ތިން މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ނޮދަން ޓެރިޓަރީގައި ފެންގަނޑަކަށް އެރި އުޅެނިކޮށް މަރުވި ޒުވާން އަންހެން ކުއްޖަކާއި ކުއީންސްލޭންޑްގައި ފަތަން އެރި އުޅެނިކޮށް މަރުވި ޒުވާން ފިރިހެން ކުއްޖަކު ހިމެނެ އެވެ.