ބުދަ ދުވަހުގެ ރޭ މެންދަމު ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވީ އެކްސިޑެންޓްގައި ލިބުނު ސީރިއަސް އަނިޔާތަކަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. އެއީ 21 އަހަރުގެ ޒުވާނެކެވެ.
އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި ގޮސް ކޮއިމަލާ ހިނގުމަށް އަޅަން އުޅުނު ކާރެއްގައި ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު ޖެހިގެންނެވެ. މިއެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މީ މިހަފްތާ ތެރޭގައި އެކްސިޑެންޓްވެ ނިޔާވި ދެވަނަ ޒުވާނާ އެވެ. ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހުޅުމާލެ ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 23 އަހަރުގެ ޒުވާނަކު ވެސް ވަނީ ނިޔާވެފަ އެވެ.
ޓޮމް ކްރޫޒް މިފަހަރު ފެނުނީ ތަފާތު ގޮތަކަށް!
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!
ޖުވާ ކުޅެމުންދިޔަ 38 ބިދޭސީއަކު ހައްޔަރުކޮށްފި