މާފަންނު ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ރޭ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވަނީ ރޭ 11:33 ހާއިރު ކަމަށާއި އޭނާ ފެނުނީ މާފަންނުގެ ގެއެއްގެ ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއް ތެރެއިންކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މަރާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.