ރާއްޖޭގައި ކާމިޔާބު ޝޯތަކެއް ދެއްކުމަށްފަހު ދިވެހި ފިލްމު "ކަމަނާ" ތައިލެންޑްގެ ބެންކޮކްގައި އަޅުވަން ނިންމައިފި އެވެ.

ފިލްމު "ކަމަނާ" އޮލިމްޕަހުގައި ޕްރިމިއާކުރީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިފިލްމު ވަނީ އަޅުވާފަ އެވެ. އޮލިމްޕަހުގައި ހައުސްފުލް ޝޯތަކެއް ދެއްކުމަށް ފަހު "ކަމަނާ" ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް އަންނަނީ ދައްކަމުންނެވެ.

"ކަމަނާ" އުފެއްދި ސެޓާން ސްޓޫޑިއޯ އިން ބުނީ ބެންކޮކްގައި ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. މިހާރު އެޝޯގެ ޓިކެޓް ވިއްކަމުންދާ ކަމަށްވެސް އެސްޓޫޑިއޯއިން ބުނެ އެވެ.

ބެންކޮކްގައި ފިލްމު "ކަމަނާ" އެޅުވުމުގެ ކުރިން އަވަށްޓެރި ސްރީ ލަންކާގައި ވެސް ވަނީ އަޅުވާފަ އެވެ.

https://www.instagram.com/p/DAVGTZZJ5HJ/

ފިލްމު "ކަމަނާ" އަކީ ގެވެށިއަނިޔާގެ މައްޗަށް ބިނާކޮށް މަހުދީ އަހުމަދު ލިޔުނު ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކުރި ފިލްމެކެވެ.

މި ފިލްމްގެ ލީޑް ތަރީންގެ ތެރޭގައި ހިމެނެނީ މަރްޔަމް ޢައްޒަ އާއި ޔޫސުފް ޝަފީޢުގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) އެވެ. މީގެ އިތުރުން ނަތާޝާ ޖަލީލް އާއި މުހައްމަދު މަނިކު އާއި ދަރާ މުހައްމަދު ރަޝީދު ފިލްމްގެ މުހިންމު ރޯލްތަކުން ފެނިގެންދާނެ އެވެ. މިއީ ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.