ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އިހުތިފާލުތައް މިއަދުގެ ފަތިސް ނަމާދުން ފަށައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވި ފަތިސް ނަމާދު ކުރުން އޮތީ އިސްލާމީ މަރުކަޒުގައި އެވެ.
ފަތިސް ނަމާދުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ދިވެހި އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން ހެނދުނު ވަނީ ދުވަހާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒުއާއި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި މަޖިލިސް ރައީސް އަބްދުލްރަހީމް އަބްދުﷲގެ އިތުރުން ކެބިނެޓް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނަސްރުގެ ދުވަހަކީ ނަވާރަސަތޭކަ އައްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރުމަށް ފުރާނައިން ގުރުބާންވެވަޑައިގެންނެވި ޝަހީދުންގެ ޒިކުރާ އާކުރުމާއެކު މާތް ﷲގެ އިރާދަފުޅާއެކު ދިވެހި ރައްޔިތުންނާއި ސިފައިންގެ ހިތްވަރުން ގައުމަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.
ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް
ހަނގުރާމައާ ހެދި ރަސްމާލެ މަސައްކަތް ކުރަން އުނދަގޫ: ރައީސް
ދުންފަތުގެ ޑިއުޓީއާ ގުޅިގެން ޔޫޓާނެއް ނުނަގަން: ރައީސް
އެތާ މެދުގަ އެއިން ލަތީފު އެއީ ވަރަށް ފެންވަރު އޮޅިގެން އުޅޭ މީހެއް. ސާޖިދާގެ އާއިލީ މީހަކަށްވާތީ އޭނާއާ އޭނާގެ ދަރިންތަކަށް ބޭއިންސާފުން މަގާމުތައް ނަގައިގެން މޭ ފުއްޕާލާފަ ހުންނަނީ މާ މޮޅު ގައްޑާ މީހެއްކަމަށް ހެދިގެން. ދައުރު ނިމުނީމަ ދެން އަންނަ ބައެއްގެ ކޮޅަށް އަރާނެ