އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ހަންކެޑެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެކްސިޑެންޓުވެ މަރުވީ 24 އަހަރުގެ ފިރިހެނެކެވެ. އޭނާ މާލޭގައި ހުރެފައި އައްޑު އަށް ދިޔައީ ރޭސިން މުބާރާތެއްގައި ބައިވެރިވުމަށް ކަމަށްވެ އެވެ. މިއީ، މި މަހުގެ ކުރީކޮޅު ހުޅުވި ބްރިޖުގައި ހިނގި ފުރަތަމަ އެކްސިޑެންޓެވެ.
ދާދި ފަހުން ބޭނުން ކުރަން ފެށި ބްރިޖުގައި މިއެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި މަރަދޫން ހިތަދޫއަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިންގެން ކަމަށް ފުލުހުން ބުނެ އެވެ.
މިއެކްސިޑެންޓްގައި މަރުވި މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މިރެޔާ ހަމައަށް އީރާނުގެ ޖަވާބެއް ލިބޭނެކަމަށް ބެލެވޭ: ޓްރަމްޕް
މުކޭޝް ކައިވެނި ނުކޮށް ހުރި ސަބަބު!
ކުރީގެ މަޖިލިސް މެންބަރު ރާމިޒު އަވަހާރަވެއްޖެ