ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ތައުރީފު އޭނާގެ ގާތް ރަހުމަތްތެރިޔާ ޝާހްރުކް ޚާންގެ ދަރިންނަށް އޮއްސާލައިފި އެވެ.
ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ކަރަން ވަނީ ޝާހްރުކް ޚާންގެ ދެ ކުދިން ކަމަށްވާ އާރްޔަންއާއި ސުހާނާގެ ފިލްމީ މަސައްކަތްތަކުގެ ވާހަކަ ދައްކާފަ އެވެ.
ކަރަން ބުނީ ސުހާނާއަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށާއި އާރްޔަންއަކީ މެދުކެނޑުމެއްނެތި 20 ގަޑިއިރު ވެސް މަސައްކަތްކުރާ މީހެއް ކަމަށެވެ. އެގޮތުން އާރްޔަންއާއި ސުހާނާގެ ކިބައިން ޝާހްރުކް ޚާންގެ ސިފަތައް ވަރަށް ރަނގަޅަށް ފެންނަ ކަމަށް ވެސް ކަރަން ބުނެފައިވެ އެވެ.
މިދިޔަ އަހަރު ނެރުނު ނެޓްފްލިކްސް ސީރީޒް "ދަ އާޗީސް"އިން ސުހާނާ ބޮލީވުޑަށް ތައާރަފްވި ނަމަވެސް އޭނާގެ އެ ފެނިލުމަށް ބެލުންތެރިންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ.
އެއާއެކު އާރްޔަން އަންނަނީ އޭނާ އެންމެ ފުރަތަމަ ޑައިރެކްޓްކުރާ ފިލްމު "ކިންގް"ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމުން ފެންނާނީ ޝާހްރުކް ޚާންއާއި ދީޕިކާ ޕަދުކޯން އެވެ.
ޝާހްރުކް ޚާންއަކީ ކަރަންގެ ވަރަށް ގާތް އެކުވެރި އެކެވެ. ކަރަންގެ ގިނަ ފިލްމުތަކެއްގައި ޝާހްރުކް ޚާން ފެނިގެން ގޮސްފައިވެ އެވެ.