ސަރުކާރު ހިންގާ ޕީއެންސީގެ ދެ ކައުންސިރަކު ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެ ކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިން ހިފަހައްޓައިފި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ ދެ ކައުންސިލަރުންނަކީ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން އަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމް އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ހިފެހެއްޓީ ރަސްމީ ދަތުރެއްގައި ޗައިނާއަށް ދިއުމަށް ފަހު އެނބުރި މާލެ އައިސް ސިނގިރޭޓު އެތެރެކުރަން އުޅުމުގެ ތެރޭގަ އެވެ.
އެތެރެ ކުރަން އުޅުނީ ހަތަރު ކާޓޫން ސިނގިރޭޓް ކަމަށް އެނގިފައިވެ އެވެ.
އެ ދެ ބޭފުޅުންނަކީ ވެސް މި ވެރިކަމުގައި ބޭއްވި ބައި އިލެކްޝަންތަކުން އިންތިހާބުވި ދެ ކައުންސިލަރުންނެވެ.
އެ ދެ ބޭފުޅުން ހައްޔަރުކުރުމަށްފަހު ދޫކޮށްލީ ރައީސް އޮފީހުން އަންގައިގެންކަން ވަނީ އެނގިފަ އެވެ.
ރައީސް މުއިއްޒު ދުންފަތުން ރާއްޖޭގެ ޖީލުތައް ސަލާމަތްކުރުމަށް ކަމަށް ވިދާޅުވެ ވަރު ވަރުން ގާނޫނުތައް ހަދާ ޖެނެރޭޝަނަލް ބޭންތައް ވެސް ކުރަމުންދާއިރު އެމަނިކުފާނުގެ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންތަކެއް ދުންފަތުގެ ގާނޫނާ ޚިލާފަށް ވަގަށް ސިނގިރޭޓު އެތެރެކުރަން މަސައްކަތްކޮށްފައިވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މިދިޔަ އަހަރު އެންމެ ގިނަ ނޫސްވެރިން މަރާފައިވަނީ އިޒްރޭލުން
ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
ޑެޕިޔުޓީ މޭޔަރު އަރީޝްގެ ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކޮށްފި

ތިޔަ ގާނޫނާއި ގުޅިގެން ރާއްޖޭގެ ޅަ ޒުވާނުން ވެއްޓޭނީ ކުށުގެ މާހައުލަކަށެވެ. މިކަން މިހެންވާނެ އަދި މިކަން މިހެން ވުމުގައި ދައުލަތުގައި އުޅޭ ޒުވާނުންގެ ށާމިލުވުން ވަރަށްބޮޑު ވާނެ