އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ބަގޭރީ އަވަހާރަކޮށްލައިފި އެވެ.
އީރާނުގެ ދައުލަތުގެ ޓީވީ އައިއާރްއައިއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން މިއަދު ހެނދުނު ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ ބަގޭރީ ވަނީ އަވަހާރަވެފަ އެވެ.
އީރާނުގެ އެންމެ މަތީ ފަންތީގެ އަސްކަރީ އޮފިސަރުގެ މަގާމުގައި ހުންނެވި ބަޣޭރީ އަކީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އަވަހާރަވިކަން ކަށަވަރުވި ދެވަނަ އެންމެ އިސް ބޭފުޅާ އެވެ.
އީރާނުގެ ދައުލަތުގެ ބައެއް މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރު އިން ޗީފް ޖެނެރަލް ހުސައިން ސަލާމީ ވެސް ވަނީ އަވަހާރަވެފަ އެވެ.
އީރާނުގެ ސުޕްރީމް ލީޑަރު މިހާރު ވަނީ ސިފައިންނާއި ރިވޮލިއުޝަނަރީ ގާޑުންނަށް އާ އިންތިގާލީ ލީޑަރުން އައްޔަން ކުރައްވައިފަ އެވެ.
މިގޮތުން ޝަހީދު ޖެނެރަލް ބަޣޭރީއަށްފަހު، އީރާނުގެ އަސްކަރިއްޔާގެ ވަގުތީ ކޮމާންޑަ އިން ޗީފްގެ މަގާމަށް ހަމަޖެއްސީ އެޑްމިރަލް ހަބީބުﷲ ސަޔާރީ އެވެ.
ދުވަހަކު ވެސް ގޯވިންދާއަށް މައާފު ނުކުރާނަން: ސުނީތާ
ޑިމޮކްރެޓްސް އިން ވެސް ކައުންސިލް އިންތިހާބުގައި ވާދަކުރަނީ
ޝާހްރުކް ޚާން ޑޮން 3އަށް އަނބުރާ އަންނަނީ؟