ކަސްރަތުކުރާ މީހުންގެ މެދުގައި އޮންނަ ބަހުސެއް އޮވެ އެވެ. ކަސްރަތު ކުރުން އެންމެ ރަނގަޅީ ޖިމެއްގައިތޯ ނުވަތަ ގުދުރަތީ މާހައުލުގައި ތޯ ކުރެވޭ ބަހުސެވެ. މި ބަހުސަށް ސައިންސްގެ އަލީގައި ބަލާލާނަމެވެ.
ޖިމްއަކަށް ގޮސް ޓްރެޑްމިލްއެއްގައި ދުވުމާއި ބޭރަށް ގޮސް ގުދުރަތީ މާހައުލުގައި ދުވުން ހާސްބައި ތަފާތުވާނެ އެވެ. އެކަމުން ލިބޭ ފައިދާތައް ވެސް ތަފާތުވާނެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ބޭރަށް ގޮސް ކަސްރަތުކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު އެއް ފައިދާއަކީ ވިންޑް ރެސިސްޓެންސް އެވެ. ވައިގެ ސަބަބުން ކުރާ ކަސްރަތަށް ބޭނުންވާ ހަކަތަ އިތުރުވެ އެވެ.
ހަމައެއާއެކު އަނެއް ކަމަކީ ބޭރަށް ގޮސް ކަސްރަތު ކުރާ ކުރުމުން ލިބޭ ވިޓަމިން ޑީ އެވެ. ޖިމުގައި ކަސްރަތު ކުރާއިރު އަވިން ލިބޭ ފައިދާތަކުން މަހުރޫމްވާއިރު ބޭރުގައި ކަސްރަތު ކުރުމުން މި ފައިދާވެސް ލިބެ އެވެ.
ދެން އޮތީ ނަފްސާނީ ގޮތުން ލިބޭ ފައިދާތަކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަތަރު ފާރުގެ ތެރޭގައި ބެދިގެން ހުރެ ކަސްރަތު ކުރުމަށްވުރެ ގުދުރަތީ މާހައުލެއްގައި ކަސްރަތު ކުރުމަކީ ހިތްހަމަ ޖެހުން ލިބި ކަސްރަތުކުރަން ހިތްވަރު ވެސް ލިބޭ ކަމެކެވެ.
މީގެ އިތުރުން ރައްކާތެރި ކަމަށް ބަލާއިރު ވެސް ކުރި ހޯދަނީ އައުޓް ޑޯގައި ކަސްރަތު ކުރުމެވެ. ޖިމްގެ ޓްރެޑްމިލްގައި ދުވަން އުޅެގެން ވެއްޓި އަނިޔާވެފައިވާ މީހުން ވެސް އަހަރުމެންގެ ތެރޭގައި އުޅޭނެ އެވެ.
އެހެން ކަމުން ޖިމްގައި ކަސްރަތު ކުރަން ފައިސާ ހޭދަ ކުރުމުގެ ކުރިން އެއްވެސް ފައިސާއަކާ ނުލާ ގުދުރަތީ މާހައުލުގެ ހިތްހަމަޖެހުމާއެކު ކުރެވޭ ކަސްރަތުގެ ފައިދާތަކަށް ވިސްނާލުން ރަނގަޅެވެ.
 ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
			ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					