އައްޑޫ ބައިބައިކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާއިރު، މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ފޭދޫގެ ރައްޔިތުން ބުރަވަނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށެވެ.
މާލޭގެ ކަލާފާނު ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލީ މީހުންގެ ތެރެއިން ފޭދޫގައި ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 39 މީހުންނެވެ. ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް އެ ފޮއްޓަށް 146 މީހުން ވޯޓު ލިއެވެ.
މިހާތަނަށް ލިބެމުން އަންނަ ނަތީޖާތަކަށް ބަލާއިރު ހުޅުދޫ އަދި މީދޫން ވެސް ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދާށެވެ.
މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ފޭދޫ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބޭށެވެ.
މިހާތަނަށް ގުނައި ނިމި އިއުލާން ކޮށްފައިވާ ނަތީޖާ އަށް ބަލާއިރު ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 372 މީހުންނެވެ. އަދި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،015 މީހަކު ވޯޓު ދީފައި ވެއެވެ. ފޭދޫން މިހާތަނަށް ފަސް ވޯޓުފޮށި ވަނީ ގުނައި ނިމިފަ އެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 351 މީހަކު ވަނީ ވޯޓު ދީފައި އެވެ. އަދި ވަކި ކައުންސިލެއް ހުޅުދޫގައި ބާއްވަން ނުފެންނަ ކަމަށް ވޯޓު ދިނީ 151 މީހުންނެވެ. މިހާތަނަށް ހުޅުދޫން ގުނައި ނިމުނީ ތިން ފޮށްޓެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އިދާރީ ގޮތުން ތިބެން ފޭދޫ ރައްޔިތުން ބޭނުންވާ ކަމަށް މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކުން ދެއްކި ނަމަވެސް ހުޅުދު އާއި މީދޫ މީހުން ބޭނުންވަނީ އެ ދެ ރަށުގައި ވެސް ވަކި ކައުންސިލެއް އުފައްދާށެވެ.
ފޭދޫގައި ދިރިއުޅޭ މީހުންނަށް އެ ރަށުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގެ ނަތީޖާ ގުނައި ވަނީ ނިމިފައި އެވެ. އަދި ހުރިހާ ފޮއްޓަކަށް ވޯޓުލީ މީހުން ވެސް ބޭނުންވީ ފޭދޫގައި ވަކި ކައުންސިލެއް ނުއުފައްދައި މިހާރެކޭ އެއްގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބޭށެވެ.
އުފާ ފާޅުކުރުމުގެ ގޮތުން ހުޅުދު އާއި މީދޫގައި މިރޭ ހަވާ އަރުވަނީ
މެޖިސްޓްރޭޓުން ހުވާ ކުރުމުގެ ޖަލްސާ ކެންސަލް ކޮށްފި
ޑާކްރެއިންއާއެކު "އަލްވަދާއު" ކިޔަން ތައްޔާރުތަ؟
ފޭދޫގައި ނެގިވޯޓް އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން ވޯޓް އިން ކާމިޔާބު ކުރި ނަމަވެސް އަދި މަމެން ޕިންކީން ތިޔާ ގޮތަށް ތަމެންނަށް ދޫނުދޭނަމޭ އަންނަ އަހަރު މިމޫސުމުގައި އަދި މިއަށް ވުރެން ލާރޖް ކޮށް ޖައްސާނަމޭ ޖައްސާއިރު ޖައްސާނީ މިހާރު ތިބި ކައުންސިލަރުން ތައް ހަފޮޅުން ބޭރަށް ސައްޕެއް ޖަހާ ބޭރުކޮށްގެންނޭ ތަމެން ބަލަންތިބޭތި މިކަން ކުރާއިރު މަމެންނާއި ވާދަކޮށްގެން ތަމެން ކުރިއެރުން ހޯދުން ނުވާނެ ތިކަމެއް ހަނދާންނައްތާލާ
ރިޕްލައިއޭއައި ކުރިއަރަމުން އަންނަ ދުވެއްޔާއި އަދި ކްއަންޓަމް ކޮމްޕިއުޓިންގް ކުރިއަރަމުން އައިސް ކިއުބިޓް ޕްރޮސެސިންގް އާންމު ޕްރޮސެސިންގް އަށް ބަދަލުވާނެއޭ 2028 ގައި ރާއްޖޭގެ ރިޔާސީ އިންތިޚާބު އަންނައިރަށް އެއިރުން ކިއުބިޓް ޓެކްނޮލޮޖީ އާއި ޓެލެޕޯރޓޭޝަން އިންޓަރގްެރޭޓް ކުރެވި ދުނިޔޭގެ ޓްރާންސްޕޯރޓް އިންޑަސްޓްރީ ޓެލެޕޯރޓޭޝަން އަށް ހިޖްރަކުރާނެއޭ އެވަގުތު ހުޅުދޫ އަދި މީދޫ އޮތް ސްޓްރެޓެޖިކް ލޮކޭޝަން ބޭނުންވާނެއޭ މިކަމަށް މީދޫ އަށް ލިބުނު ރަނުގެ ފުރުސަތެކޭ މީ ރަންވަޅެއް މީދޫ އަށް ލިބުން ފަދަ ކަމެކޭ
ރިޕްލައިހުޅުދޫ އަދި މީދޫ އައްޑޫ އާއި ވަކިވާން ވޯޓް ދިނުން ރާއްޖޭގެ ތާރީޚް ގައި ރާއްޖޭގައި ތިބި އެންމެ މޮޅަށް ކިޔަވައިގެން ތިބި މީހުން ތިބި ދެ ރަށަކުން ނިންމި ދުރުވިސްނޭ ބުއްދިވެރި ވިސްނުމެކޭ ދުނިޔެ މިހާރުކުރިއަރަމުން އަންނަ މިންގަނޑުން 2028 ގައި ޓެލެޕޯރޓޭޝަން ޓެކްނޮލޮޖީ ޖަޕާން އަދި ޗައިނާ އިން ފަށާނެއޭ މިކަމަށް ބޭނުންވާނެއޭ ސްޓްރެޓެޖިކް ލޮކޭޝަން މީދޫ އެއީ ޕާރފެކްޓް ލޮކޭޝަން އިޓްސް އޮން ދި ކްރޮސްރޯޑް އޮފް ޓެލެޕޯރޓޭޝަން ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން
ރިޕްލައި