ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއަކީ އެއްވެސް ތައާރަފަކަށް ބޭނުންވާނެ ތަރިއެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ އެތައް މިލިއަން ސަޕޯޓަރުން ތިބިއިރު އެކި ގައުމުތަކުން ވެސް އޭނާއަށް އެކި ކަހަލަ ޝަރަފުތައް އަރުވާފައިވެ އެވެ.
އެގޮތުން ޝާހްރުކް ޚާނަށް އެފަދަ ޝަރަފެއް އެންމެ ފަހުން އެރުވި ގައުމަކަށް ވެފައި މިވަނީ ޔޫއޭއީ އެވެ. ޔޫއޭއީއިން މިވަނީ އެގައުމުގެ ވެރިރަށް ދުބާއީގައި އިމާރާތްކުރާ އުސް އިމާރާތަކަށް ޝާހްރުކް ޚާންގެ ނަމުން ނަން ދީފަ އެވެ.
ދުބާއީގެ ޝެއިހް ޒައިދު ރޯޑްގައި އިމާރާތްކުރާ 56 ފަންގިފިލާގެ ޝާހްރުކްޒީ ނަމަކަށް ކިޔާ އެ ޓަވަރަކީ ބޮލީވުޑް އެކްޓަރެއްގެ ނަމުން ނަން ދެވޭ ދުނިޔޭގެ އެންމެ ފުރަތަމަ އިމާރާތެވެ.
މި ޕްރޮޖެކްޓް ފެށުން ފާހަގަކުރަން މުމްބާއީގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން ޝާހްރުކް ޚާން ބުނީ މިއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އޭނާގެ މަންމަ މިއަދު ވަރަށް އުފާވާނެ ކަމަށެވެ.
ދުބާއީގެ ދަނުބީ ގްރޫޕުން ކުރިއަށް ގެންދާ މި މަޝްރޫއު ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ގްރޫޕްގެ އިސްވެރިން ބުނެ އެވެ.
އެގޮތުން އިމާރާތުގެ ހުރިހާ ކަމެއް ވެސް ޝާހްރުކް ޚާންއަށް ހާއްސަ ކުރެވިފައިވާނެ ކަމަށާއި ވަންނަ މައިދޮރު ކައިރީގައި ވެސް އޭނާގެ ޕޯސްޓަރެއް ހުންނާނެ ކަމަށް އެ ގްރޫޕުން ހާމަކުރި އެވެ.
ނޭނގި ނަމަވެސް ދަރިންނަށް ނަފްސާނީ ގެއްލުން ދެވޭ!
10 އަހަރަށްފަހު އިމްރާން ފިލްމުތަކަށް!
ޕޯޓުގައި ސްކޭނާ ހަރުކުރަން 51 މިލިއަން ބޭނުންވޭ: ކަސްޓަމްސް