އދ. ގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގްވާމީ އިދާރާ، އައިއޭއީއޭގެ ގަވަނަރުންގެ ބޯޑުން, އީރާނުން އައިއޭއީއޭއަށް އެއްބާރުލުންދީ މައުލޫމާތު ހިއްސާކުރަން މަޖުބޫރުކުރުވަން ގަރާރެއް ފާސްކޮށްފި އެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިން ފަހުން އައިއޭއީއޭއިން އެ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުުރުސަތު އީރާނުން ދީފައެއް ނުވެ އެވެ.
ދުނިޔޭގެ 35 ގައުމުގެ ގަވަނަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ސިއްރު ބައްދަލުވުމެއްގައި ފާސްކުރި ގަރާރުގެ މައިގަނޑު މަގްސަދަކީ އީރާނުގެ ނިއުކްލިއާ ހަރަކާތަށް ފާރަވެރިވުމުގައި އައިއޭއީއޭގެ ދައުރު އިތުރުކޮށް އަޕްޑޭޓް ކުރުމެވެ. އޭގެ އިތުރުން އައިއޭއީއޭއަށް އެއްބާރުލުންދީ، އެ އިދާރާއިން އެދޭ މައުލޫމާތު އަވަސްގޮތެއްގައި ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމްއާއި މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއިން ބޮން އަޅާފައިވާ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެ ޤައުމުން މިހާރުން މިހާރަށް ހިއްސާކުރަން ޖެހޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
އީރާނުން އަބަދުވެސް ބުނަމުން ދަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުއަކީ ސުލްހަވެރި މަޝްރޫއެއް ކަމަށެވެ. އެމެރިކާއާއި ވިލާތުގެ ތިން ބާރު ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން އެ ގަރާރު ހުށަހެޅުމުގެ ކުރިން އީރާނުން ވަނީ އެ ފަދަ ގަރާރެއް ފާސްކޮށްފި ނަމަ އީރާނުން އައިއޭއީއޭއަށް އެއްބާރުލުން ދެމުންދާ ދިޔުމަށް ނޭދެވޭ އަސަރު ކުރާނެކަމުގެ އިންޒާރު ދީފަ އެވެ.
އެމެރިކާއާއި ވިލާތުގެ ތިން ބާރުން ގަވަރުނަރުންގެ ބޯޑަށް ހުށަހެޅި ބަޔާނެއްގައި ބުނީ އީރާނުގެ ނިއުކްލިއާ ހަރަކާތުގެ މަގްސަދަކީ ސުލްހަވެރި މަގްސަދެއްތޯ ބެލުމަށް އައިއޭއީއޭއިން ކުރާ މަސައްކަތާ ގުޅިގެން އުފެދިފައިވާ މައްސަލަތައް އީރާނުން ވަގުތުން ވަގުތަށް ހައްލުކުރަން ޖެހޭ ކަމަށެވެ.
އައިއޭއީއޭއަށް އެއްބާރުލުން ދީ ނިއުކްލިއާ ހަރަކާތާ ގުޅޭ ތަންތަން ބަލައި ފާސްކުރުމަށް އެ އިދާރާއަށް ފުރުސަތު ދީ އައިއޭއީއޭއިން ކުރާ ސުވާލުތަކަށް ޖަވާބުދާރީވެ، ނިއުކްލިއާ ހަރަކާތަކަށް ފާރަވެރިވުމަށް މިހާރުން މިހާރަށް ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ބަޔާނުގައި ބުުނެފައިވެ އެވެ.
އީރާނުގެ ނިއުކްލިއާ މަޝްރޫއަށް ބައިނަލްއަގްވާމީ އިތުބާރު ހޯދޭނީ އައިއޭއީއޭގެ މަސައްކަތްތަކާއި ޒިންމާތައް އަދާ ކުރުމަށް އެ އިދާރާއަށް ފުރުސަތު ދީގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގަވަރުނަރުންގެ ބޯޑުން އެ ގަރާރު ފާސްކޮށްފައި ވަނީ އެ ގަރާރާ އެއްކޮޅަށް 19 ގައުމަކުން ވޯޓު ދީގެންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ތިން ގައުމަކުން ވޯޓު ދީފައިވެ އެވެ. އެއީ ރަޝިޔާ އާއި ޗައިނާއާއި ނައިޖީރިއާއިންނެވެ. އަދި 12 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.
ދެ އަހަރު ވެގެން އިއްވި ރިޕޯޓުން ކޮށްދެވުނު ކަމެއް ބުނެ ނުދެވުނު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލިއްޖެ
ބްރޫސްގެ ސިއްހަތާ ބެހޭގޮތުން ވާހަކަ ދައްކައިފި