އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު, ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އަތޮޅު ކައުންސިލްތައް އުވައިލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި އަތޮޅު ކައުންސިލްތައް އުފެއްދުމަށް ގާނޫނުއަސާސީން ލާޒިމުކުރާ ކުރުން އުވައިލުމަށްޓަކައި ތިން .ބަދަލެއް ގެންނަން ހުށަހަޅާފައިވެ އެވެ.
އެ އިސްލާހު މަޖިލީހުން ފާސްކުރީ މަޖިލީހުގެ 75 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓުދެއްވި އެވެ.
މިއަދު މަޖިލީހުން ފާސްކުރީ އަތޮޅު ކައުންސިލް އުފެއްދުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރުމަށާއި ގާނޫނުއަސާސީގައި އަތޮޅު ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަޔާންކުރާ 231 ވަނަ މާއްދާގެ ހ. ގެ ތިން ވަނަ ނަންބަރު އުނިކުރުމަށެވެ.
އޭގެއިތުރުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ށ. ގައި އަތޮޅު ކައުންސިލް ބަޔާންކޮށްފައިވާ ބަސް އުނިކުރަން ވެސް މިއަދު ފާސްކުރި އެވެ.
މި އިސްލާހުތައް ފާސްކުރުމާއެކު، ލޯކަލް ކައުންސިލްތަކުގެ މި ހިނގާ ދައުރު ހަމަވުމުން، ދެން އޮންނަ އިންތިހާބުގައި އަތޮޅު ކައުންސިލްތަކަށް މެންބަރުން އައްޔަނެއް ނުކުރާނެ އެވެ. އެހެންކަމުން މިހާރު މި ހިނގާ ދައުތުގައި އަތޮޅު ކައުންސިލްތަކުގައި ތިބި މެންބަރުންނަކީ އަތޮޅު ކައުންސިލް މެންބަރުކަން ކުރާނެ އެންމެ ފަހު ބޭފުޅުންނެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ލާމަރުކަޒީ ނިޒާމުން ކައުންސިލުތަކަށް ލިބިފައިވާ ބާރުތައް ހަނި ކުރަން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލުތަކަށް ވިޔަފާރި ކުރުމަށް ލިބިދީފައި އޮތް ބާރު ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
އަތޮޅު ކައުންސިލްތައް އުވައިލުމަށް ގާނޫނުއަސާސީއަށް މަޖިލީހުން ބަދަލު ގެނެސްފައި މި ވަނީ އެކަން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އެކަން މުޅިން އިދިކީލި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިޔާލުފާޅު ކުރަމުން ދަނިކޮށެވެ.
އެންމެ ބޮޑު ހަތަރު އެއާލައިން އާ ޓަމިނަލަށް ބަދަލު ނުވެ ލަސްވަނީ
ކަރަންޓުގައި ޖެހުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފިހިފައި
ހުޅުމާލޭ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް