މިދިޔަ ނޮވެމްބަރު މަހު، ފުވައްމުލަކުގެ ސަޕްލައި ފެނަށް މައްސަލަ ދިމާވުމުން މިދިޔަ މަހަށް ބިލު ނުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފާއިތުވި ދުވަސްތަކުގައި ފުވައްމުލަކުގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތައް ކުރަމުންދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުންފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށެވެ. އަދި ފުވައްމުލަކުގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކަންކަން އެހެންހުރުމުން ރައްޔިތުންނަށް ލުޔެއްދިނުމަށްޓަކައި މިދިޔަ ނޮވެމްބަރު މަހަށް ފުވައްމުލަކަށް ދޫކުރި ފެނުގެ ހިދުމަތަށް ބިލް ނުކުރަން ނިންމާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
"ފެނުގެ ހިދުމަތް ކެނޑި ދިމާވި ދަތި ވަގުތުގައި ވެސް، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ދެ ދުވަސް ވަންދެން ފެނުގެ ހިދުމަތުން މަހުރޫމްވެ ވަރަށް ދަތި ހާލުގައި ފުވައްމުލަކު ރައްޔިތުން އުޅެންޖެހުނެވެ.

މަޝްވަރާ ބައްދަލުވުމަކަށް އެމެރިކާގެ މަންދޫބަކު ރާއްޖެ
ކެމިކަލް ގުދަނެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް
އެންމެ އާބާދީ ބޮޑު ޗައިނާގައި ރަމަޟާން މަހުގެ ތަޖުރިބާ!

ފެނަށް ބިލު ނުކުރަނީ ކުރެވެން ނެތުމުން އެއްވެސް ހާލެއްގައި ހެޔޮފުޅުކަމަކުންނޫން. ތަޤައްޔަރުވެފައިވާ ފެން ދޫކޮށް ސިއްޙީ ކާރިސާއަކަށް ފޮނުވާ ތިމަންނަމެންގެ އިހުމާލުން އެކަންތައްވީ ކަމަށް އިއުތިރާފުވެ ބަޔާންތަކާއި ރިޕޯޓުތައްނެރެ ދެން ކޮން ބިލެއް؟ އިހުމާލުވީ މީހުންނަށް އެޅުނު ފިޔަވަޅަކީ ކޮބާ؟ މިބައިމީހުންނަކީ ދުނިޔޭގެ ތަންތަނުގައި ބޮޑެތި މުޖުރިމުން