ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ވިކްރަމް ބަޓްއާއި އޭނާގެ އަންހެނުން ޝްވެތާމްބަރީއަށް މަކަރާއި ހީލަތުގެ ދައުވާއެއް އުފުލައިފި އެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ރާޖަސްތާނުގެ ވިޔަފާރިވެރިއަކު ކުރި އެ ދައުވާއާއެކު މިހާރު އެ ދެމަފިރިން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ވިކްރަމްގެ ފަރާތުން ހުށައެޅި ހުށައެޅުން ކޯޓުން ބޭރު ކޮށްލާފައިވާއިރު ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި ވިކްރަމްއާ ދެކޮޅަށް ހެކި ވެސް ލިބިފައިވާ ކަމަށެވެ.
އެހެން ކަމުން އެ ދެމީހުން ފުލުހުންގެ ހައްޔަރުގައި ތިބީ އިތުރު ހެކިތައް ނައްތާލަން މަސައްކަތް ކޮށްފާނެތީ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ވިކްރަމްގެ ދެމަފިިރިންނަށް ކުރެވިފައިވާ ތުހުމަތުތައް އެމީހުންގެ ވަކީލުން ދޮގު ކޮށްފައިވާއިރު ވަކީލުން އިތުރަށް ބުނެފައިވަނީ ވިކްރަމްގެ ދެމަފިރިންނާއި ދައުވާ ހުށައަޅާފައިވާ ފަރާތާ ދެމެދު ކުރެވުނު ހުރިހާ މުއާމަލާތެއް ކުރެވުނީ ދެފަރާތަށް ވެސް އެނގިގެން ކަމަށެވެ.
އުދައިޕުރް ޕޮލިސްއަށް ހުށައެޅުނު އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާއިރު ޝަރީއަތް އޮންނާނެ ވަކި ދުވަހެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ވިކްރަމްއަކީ ބޮލީވުޑްގެ މަޝްހޫރު "ބަޓް" އާއިލާއަށް ނިސްބަތްވާ ފަރާތެކެވެ. އޭނާގެ ބޭބެ މަހޭޝް ބަޓްއަކީ ބޮލީވުޑްގެ ކާމިޔާބު ޑިރެކްޓަރަކަށް ވާއިރު ވިކްރަމްއަކީ މަޝްހޫރު އެކްޓަރު އާލިއާ ބަޓްގެ ބޮޑުބޭބެ އެވެ.
ރައީސް އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލަން: އެމްޑީޕީ
ޖޫލިއާއާއި އެރިކް ދުރުވީ ކީއްވެ؟
ވައިގެ އުނދަގޫތައް މާ ގިނައިން ކުރިމަތިވަނީ ކީއްވެ؟