ބޮލީވުޑްގެ ތަރި ޝެފާލީ ޖެރިވާލާ މަރުވީ ކޮންމެވެސް ބަޔަކު އޭނާއަށް ހެދި ސިހުރެއް ޖެހިގެން ކަމަށް އޭނާގެ ފިރިމީހާ ޕަރަގް ތިޔާގީ ބުނެފި އެވެ.
ޕަރަސް ޗާބްރާގެ ޔޫޓިއުބް ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ޕަރަގް ވަނީ އޭނާގެ އަންހެނުންގެ މަރާ ބެހޭގޮތުން ކުރިން ނޭނގޭ ކަންތައްތަކެއް ހާމަކޮށްފަ އެވެ.
ޕަރަގް ބުނީ ސިހުރު ހާހޫރައިގެ ކަންކަން ވަރަށް ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމަށާއި އެހެން ނަމަވެސް ޝެފާލީ މަރުވީ އެކަމުގެ ސަބަބުން ކަން އޭނާއަށް އެއްވެސް ޝައްކެއް ނެތި ޔަގީންވާ ކަމަށެވެ.
"އަހަންނަށް އިހުސާސްވޭ ކޮންމެވެސް ކަމެއް ގޯސްކަން. އެއް ފަހަރަކު ދެފަހަރަކު ނޫން، ވަރަށް ގިނައިން އެކަން އިހުސާސްވޭ" ޕަރަގް ބުންޏެވެ.
އެގޮތުން ޝެފާލީގެ ހަޔާތުގައި އެކި ފަހަރު މަތިން ސިހުރު ހާހޫރައިގެ ކަންކަން ފެނި ތަޖުރިބާ ވެސް ކުރެވިފައިވާ ކަމަށް ޕަރަގް ކިޔައިދިނެވެ.
ދެހާހުގެ ކުރީކޮޅު ރިލީޒްކުރި މަޝްހޫރު ލަވަ "ކާއްޓާ ލަގާ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޝެފާލީ މަރުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ މަގުބޫލު ވެސް ވެފައިވަނީ "ކާއްޓާ ލަގާ ގާލް"ގެ ނަމުންނެވެ.
އިންތިހާބުގައި ޖޭޕީން ތާއީދު ކުރާނީ ޕީއެންސީ ކެނޑިޑޭޓުންނަށް