ބޮލީވުޑްގެ މަޝްހޫރު ތަރި ރާނީ މުކަރްޖީ އޭނާގެ 10 އަހަރުގެ ދަރިފުޅު އަދިރާ ޗޯޕްރާ ދެކެ ބިރުގަންނަ ކަމަށް އިންޓަވިއުއެއްގައި ބުނެފި އެވެ.
މިފަހުން ދިން އެ އިންޓަވިއުގައި ރާނީ ވަނީ "ޖެނެރޭޝަން އަލްފާ"އަށް ނިސްބަތްވާ ކުއްޖަކު ބޮޑުކުރުމާއި އޭނާގެ ޅަފަތުގެ ތަޖްރިބާތައް އަޅާކިޔާފަ އެވެ.
ޒޫމްގެ ޔޫޓިއުބް ޗެނަލްގައި ވާހަކަ ދައްކަމުން ރާނީ ބުނީ ބައެއް ފަހަރު އަދިރާ އޭނާއަށް ބަސްތަކުން "އަޅާލާ" ފަހަރު ދާ ކަމަށާއި އަދިރާ ބުނާ ގޮތަށް އޭނާ ހަދަން ޖެހޭ ކަމަށެވެ.
އެއާއެކު ރާނީ ބުނެފައިވަނީ އޭނާ ކުޑައިރު މައިންބަފައިންގެ ފަރާތުން "ސައްޕުތައް" ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އަދިރާ ގެންގުޅުމުގައި އޭނާއަށް އެގޮތަށް ކަންތައް ނުކުރެވެނީ އަނބުރާ އޭނާގެ ގައިގައި ޖަހާނެތީ ކަމަށެވެ.
އެއާއެކު ރާނީގެ ހުރިހާ ފިލްމުތަކެއް އޭނާގެ ދަރިފުޅު ބަލާފައިނުވާ ކަމަށާއި އެއީ އޭނާ ރޯ މަންޒަރު ބަލަން އަދިރާއަށް އުނދަގޫވާތީ ކަމަށް ވެސް ރާނީ ބުންޏެވެ.
2014 ވަނަ އަހަރު ސިއްރު ހަފްލާއެއްގައި ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާއާ ކައިވެނިކުރި ރާނީއަށް އަދިރާ ލިބިފައިވަނީ 2015ގެ ފަހުކޮޅު އެވެ.
އުތުރާއި މާލެ ސަރަހައްދަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު
ޑރ. އަލީ ލަތީފްގެ މައްސަލަ ޕީޖީއަށް
"ކުކިން އޮއިލް"އިން ކެންސަރަށް މަގުފަހިވޭ: ދިރާސާ