ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ އަންނައުނާއި ބިކިނީ ފަދަ ތަކެތި ލައިގެން ބިދޭސީންނާއި ފަތުރުވެރިން އުޅޭ މައްސަލަ ހައްލުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މިއީ މަޖިލީހަށް އޮންލައިންކޮށް ހުށަހެޅި ފުރަތަމަ ޕެޓިޝަނެވެ.
ޝައިހް ޒަމްޒަމް ފާރިޝް ހުށަހެޅުއްވި އެ ޕެޓިޝަނުގައި ބުނީ އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅުމުގެ ސަބަބުން އިސްލާމީ ރިވެތި އަހުލާގާއި ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދި ސަގާފަތާއި އާދަކާދަތައް ނެތިދިއުމުގެ ބިރު އޮތް ކަމަށެވެ. އެއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއްކަން އެ ޕެޓިޝަންގައި ވަނީ ފާހަގަކޮށްފަ އެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ޅަދަރިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށާއި އެއީ ކުޑަކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް ކުރިމަތިވާ ބޮޑު ހުރަހެއްކަން ކަމަަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް މިހާރު ހުރި ގަވާއިދުތައް ތަންފީޒުކުރުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަން ވަނީ އެދިފަ އެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ އާ ގާނޫނުތަކެއް ވުޖޫދުކުރުމަށް ވެސް އެދިފައިވެ އެވެ. މީގެއިތުރުން އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް އެދިފައިވެ އެވެ.
ރިސޯޓު ހަދަން ދޫކުރި ތަންތަން އަލުން ބީލަމަށް ހުޅުވާލައިފި
ސައުދީ ޕްރޯ ލީގު ދެއްކުން 'ފޮސްކް ސްޕޯޓްސް' އިން ހުއްޓާލައިފި
ތައިލެންޑުގެ އިންތިހާބުގެ ކުރީގައި ބޫމްޖައިތައި ޕާޓީ
