އެއް ދުވަސް ތެރޭގައި 7،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ރެކޯޑެއް ހަދައިފި އެވެ.
ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީމްއެމްއޭ އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން އޮޕަރޭޝަނަލް ގޮތުން ތާރީހީ ބޮޑު ކާމިޔާބީއެއް އިއްޔެ ހާސިލުކޮށްފައިވާ ކަމަށެވެ.
އެއް ދުވަހުގެ ތެރޭގައި 7,000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީ، 800 އަށް ވުރެ ގިނަ ފްލައިޓް (ޓޭކް-އޮފް އަދި ލޭންޑިން) ފުރިހަމަކޮށްފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ޓީއެމްއޭ އިން ބުނީ މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެއް ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
މިއީ އެ ކުންފުނީގެ އޮޕަރޭޝަނަލް ތައްޔާރީތަކާއި ގިނަ އަދަދެއްގެ ދަތުރުތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ހެއްކެއް ކަމަށް ޓީމްއެމްއޭ އިން ބުންޏެވެ.
މިއީ ޓޫރިޒަމްގެ ޕީކް ސީޒަންގައި ވެސް އެ ކުންފުނީގެ އޮޕަރޭޝަންތަކުގެ އިންތިޒާމުތައް ފުރިހަމަ ކަމުގެ ރަމްޒެއް ކަމަށް ޓީއެމްއޭ އިން ބުންޏެވެ.
ޓީއެމްއޭ އިން ވަނީ އެ ކުންފުނިން ހާސިލުކުރާ ކާމިޔާބީތަކުގައި މުވައްޒަފުންގެ މުހިންމު ހިއްސާއެއްވާކަން ފާހަގަކޮށް ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކޮށްފަ އެވެ.
އިއްޔެއަކީ އެއް ދުވަހެއްގައި ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހެވެ. އިއްޔެ އެކަނި 11،136 ޓޫރިސްޓުން ރާއްޖެ އަ އެވެ.
ރޯދައާ ދިމާކޮށް ފިހާރަތައް ތޮއްޖެހި، މަގުމަތި ކާރުބާރު ބޮޑުވެއްޖެ
މަޖިލިސް އިންތިހާބު މިހާރު ބާއްވަމުން އަން ގޮތް ބަދަލުކުރަން ޖެހޭ
މަޓީގެ ޗެއާޕާސަން ކަމަށް ޗަމްޕާ އަފީފް ހަމަޖައްސައިފި
