މި ފަހަރު މިއޮތީ ރަހަމީރު ކުކުޅުގެ ޑިޝްއެކެވެ. ހަދާލަން ފަސޭހަ ވަގުތު ސަލާމަތް ކޮށްދޭ މި ޑިޝް އަކީ ތިޔަ ބޭފުޅުންނަށް ކަމުދާނެ ޑިޝްއެއް ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

  • 1/2 ޖޯޑު ސޯޔާ ސޯސް
  • 1/4 ޖޯޑު މާމުއި
  • 2 ސމ ގެ އިނގުރު (ގާނާފައި)
  • 1 ލޮނުމެދު (ޗިސްކޮށްފައި)
  • 8 ކުކުޅު ފައި
  • 2 މޭޒުމަތީ ސަމުސާ ސެސަމޭ ސީޑްސް

ތައްޔާރުކުރާނެ ގޮތް

  1. ބޮޑު ތަށްޓެއްގައި ސޯޔާ ސޯސް، މާމުއި، އިނގުރު އަދި ލޮނުމެދު އެއްކުރާށެވެ. ކުކުޅުތަކުގައި ހެދި ޕޭސްޓު ރަނގަޅަށް އުނގުޅުމަށްްފަހު ޕްލާސްޓިް ވެރެޕް ބޭނުންކޮށް ކުކުޅު ކޮޅު ބަންދު ކުރާށެވެވެ. އަދި މަދުވެގެން 4 ގަޑިއިރު އައިސް އަލަމާރީގައި މެރިނޭޓް ކުރަން ބަހައްޓާށެވެ.
  2. އަވަން 180 ޑިގްރީ އަށް ހޫނު ކުރާށެވެ. އަދި ޓްރޭ އެއްގައި ބޭކިން ޕޭޕަރ ފަތުރާށެވެ.
  3. މެރިނޭޓް ކުރި ކުކުޅު ކޮޅު ޓްރޭގައި ރީތިކޮށް އަތުރާށެވެ. އަދި ކައިރިއަށް މަޑު ރަންކުލަ އެއް އަރަންދެން ފިހާށެވެ. ގާތްގަނޑަކަށް 35 މިނެޓް ވާނެ އެވެ.

ތަރުކާރީ ނުވަތަ ސްޓީމްޑް ބަތާއެކު އިންސާފު ކުރައްވާށެވެ.