ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ މަޝްހޫރު ޖޯޑުތަކުގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަންއާއި ކާޖޮލްގެ ކައިވެންޏަށް 27 އަހަރު ފުރިއްޖެ އެވެ.
އަޖޭއާއި ކާޖޮލްގެ ކައިވެންޏަށް 27 އަހަރު ފުރިފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މީހުން ކައިވެނި ކުރީ 1999 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.
މި މުނާސަބަތުގައި ކާޖޮލް އޭނާގެ ސޯޝަލް މީޑިއާގައި އެ ދެމީހުންގެ ލޯބި ފޮޓޯއެއް ހިއްސާ ކޮށްފައިވާއިރު އެއާއެކު މަޖާ ކެޕްޝަންއެއް ވެސް ހިމަނާފައިވެ އެވެ.
"މަދުން ނޫނީ ނުވާ ކަމެއް. އަހަރުމެން ދެ މީހުން ކަމެއްގައި އެއް ގަލަކަށް އަރައިފިން" ކާޖޮލް ބުނެފައިވެ އެވެ.
އަޖޭއާއި ކާޖޮލް ލޯބީގެ ގޮތުން ގުޅުނީ 90ގެ އަހަރުތަކުގައި މަޝްހޫރުވި ފިލްމު "އިޝްގު"ގެ މަސައްކަތުގެ ތެރެއިންނެވެ. އެ ފިލްމުގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި އެ ދެމީހުން އެކުގައި ފެނިގެންދިޔަ އެވެ.
އެ ދެމީހުންގެ ކައިވެންޏަށް 27 އަހަރު ފުރުނުއިރު އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ނީސާ ދޭވްގަންއާއި ޔުގް ދޭވްގަން އެވެ.
27 އަހަރުގެ ދިގު މުއްދަތަކަށް ފަހު ވެސް އެ ދެމީހުންގެ މެދުގައި އޮތް ފުން ލޯބި އެ މީހުންގެ މޫނު މަތިން ފާޅުވާ ކަމަށް ކާޖޮލްގެ ޕޯސްޓަށް ކޮމެންޓްކުރި މީހުން އަންނަނީ ބުނަމުންނެވެ.

އެމްޑީޕީން އަނެއްކާ ވެސް ބޮޑު އެއްވުމެއް މާޗު 21 ގައި
އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ބޮޑު: އީރާން
މެއި/ޖޫން އޭލެވެލްގައި ބައިވެރިވާ އެޕްލިކޭޝަން ދޫކުރަން ފަށައިފި