ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާއާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސްއަކީ އެ ދެމީހުންގެ ދަރިފުޅު މާލްތީ މޭރީ ޖޯނަސް އާއްމުންނާއި މީޑިއާތަކަށް ވެސް ވަރަށް ފޮރުވައިގެން އުޅޭ ދެ މީހުންނެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ އެންމެ ފަހުން މިވަނީ އޭނާގެ ދަރިފުޅު މާލްތީ އެހާ ފޮރުވައިގެން ގެންގުޅެނީ ކީއްވެކަން ބުނެދީފަ އެވެ.
ޕްރިޔަންކާ ބުނީ އާއްމުންގެ ލޯތަކަށް މާލްތީ ފޮރުވައިގެން ގެންގުޅެނީ ކުޑަ ކުއްޖެއްގެ ގޮތުގައި އޭނާގެ ޒާތީ މަސްލަހަތު ހިފަހައްޓައި ނުބައި ލޯތަކުން ދުރު ކުރުމަށް ކަމަށެވެ.
އެއާއެކު ޕްރިޔަންކާ ވަނީ މީގެ ކުރިން މާލްތީގެ ކަމެއްގައި އޭނާއަށް ތަޖުރިބާ ކުރަން ޖެހުނު ވަރަށް ބިރުވެރި ހާދިސާއެއް ވެސް ހިއްސާ ކޮށްފަ އެވެ.
އެގޮތުން އެއްފަހަރަކު މާލްތީގެ ސްކޫލުން ފެށިގެން ގެއާ ހަމައަށް އޭނާގެ ފަހަތުން ނުދަންނަ މީހަކު އައި ކަމަށާއި މާލްތީގެ ސެކިއުރިޓީ ވަރުގަދަކުރީ އެހިސާބުން ކަމަށް ޕަރިޔަންކާ ބުންޏެވެ.
2018 ވަނަ އަހަރު ކައިވެނިކުރި ޕްރިޔަންކާއާއި ނިކްއަށް މާލްތީ ލިބުނީ 2022 ވަނަ އަހަރު ސަރޮގެސީ މެދުވެރި ކޮށެވެ. އުފަން ވުމަށްފަހު މާލްތީ ވަނީ އެންއައިސީޔޫގައި ތިން މަހެއްހާ ދުވަސް ހޭދަކޮށްފަ އެވެ.

އިތާފުށިން އެއާޕޯޓް އޮޕަރޭޝަންސް ޑައިރެކްޓަރަކު ހަމަޖައްސައިފި
ރޯދަ މަހު ފޮނި ކެއުންތަކުން ދުރުވާނެ ދެތިން ގޮތެއް!
ރޯދަ މަލާފަތް: ދިވެހި ރަހަތައް އެކުލެވޭ ބަނބުކެޔޮ ބޮނގަރަ