ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ފިލްމެއް ރިލީޒް ކުރާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސަލްމާންގެ ކުރިއަށް އޮތް ފިލްމު ރިލީޒް ކުރަން އެ ފިލްމުގެ ޕްރޮޑިއުސަރުން ގަސްދުކުރަނީ އަންނަ އީދާ ދިމާކޮށެވެ.
ނޫސްތަކަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ އެ ފިލްމު ވެގެންދާނީ އާއްމުކޮށް ވެސް ފެންނަ "ސަލްމާން ޚާން ސްޓައިލް"ގެ ފިލްމަކަށެވެ.
މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ފަށައިގެން ކުރިއަށް ދާއިރު ސަލްމާންއާއެކު ވެސް ފިލްމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ބުނެވެ އެވެ.
އާއްމުކޮށް ކޮންމެ އަހަރަކު ވެސް ފިތުރު އީދާ ދިމާކޮށް ސަލްމާންގެ ފިލްމެއް ރިލީޒްކުރާ ނަމަވެސް ފާއިތުވި ދެ އަހަރު އީދުގައި އޭނާގެ ފިލްމެއް އައިސްފައެއް ނުވެ އެވެ.
އޭގެ ބަދަލުގައި މިއަހަރު އީދާ ދިމާކޮށް ރިލީޒް ކޮށްފައިވަނީ އަދިތުޔާ ދަރް ޑައިރެކްޓްކޮށް ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ "ދުރަންދަރް 2" އެވެ.
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!