ބޮލީވުޑްއަކީ ޒަމާނުއްސުރެ އިންޑިއާގެ އަންޑަވޯލްޑް ނުވަތަ ގޭންގުތަކާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ދާއިރާ އެކެވެ. ހާއްސަކޮށް 90ގެ އަހަރުތަކުގައި ގޭންގުތަކުގެ ނުފޫޒު ބޮލީވުޑްގައި ވަރަށް ބޮޑުވި އެވެ.
އެގޮތުން މިހާރު ބޮލީވުޑްގައި ކާމިޔާބު އެކްޓަރެއް ކަމަށްވާ ވަރުން ދަވަން މިވަނީ އޭނާގެ އާއިލާއަށް ކުރެވުނު ތަޖުރިބާއެއް މީޑިއާއާ ހިއްސާ ކޮށްފަ އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަރުން ބުނީ އޭނާގެ އާއިލާއަށް އަންޑަވޯލްޑްގެ އިންޒާރެއް ލިބުނު ކަމަށާއި އޭގެ ސަބަބުން ގެ ދޫކޮށް ވެސް ދާން ޖެހުނު ކަމަށެވެ.
އެގޮތުން އޭނާގެެ އާއިލާގެ ޒާތީ މައުލޫމާތު މުވައްޒަފެއްގެ ފަރާތުން އެ ގޭންގަށް އެނގުނު ކަމަށާއި ހަތިޔާރު ހިފައިގެން ގެއަށް އަންނާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށެވެ.
އޭރު އޭނާއަށް އެކަން ވީ ވަރަށް މަޖާ ކަމަކަށް ކަމަށާއި އެހެން ނަމަވެސް ރަނގަޅަށް ވިސްނާލުމުން ހަގީގަތުގައި އެއީ މަޖާ ކަމެއް ނޫން ކަން އެނގޭ ކަމަށް ވެސް ވަރުން ބުންޏެވެ.
ވަރުންގެ އިތުރުން ޝާހްރުކް ޚާންއާއި ސަލްމާން ޚާންއާއި ސަންޖޭ ދަތު އަދި ކަރަން ޖޯހަރަށް ވެސް އެފަދަ އިންޒާރުތައް ލިބުނެވެ.
ހެރީ ޕޮޓާއަށް ބޮޑު ސަމާލުކަމެއް!
ހެނދުނު ކޮފީއެއް ބޯލަންވީ އިތުރު ސަބަބެއް!
ދިރާގުން ދޭ ފަހު ބޯޓު ހޯދުމަށް އެންރޯލްކުރުމަށް ބާކީ 3 ދުވަސް!