ރޯދަ މަސް ނިމުމާއެކު 400ރ. ގެ ކަރަންޓު ބިލެއް ދިނުމަށްފަހު ޖެހިގެން އައި މަހު އެތައް ގުނައެއް ބޮޑު ކަރަންޓު ބިލެއް ފެނަކަ ކޯޕަރޭޝަނުން ފޮނުވުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
"ހުރިހާ"އާ ވާހަކަދެއްކި ބައެއް މީހުން ވަނީ ކަރަންޓު ބިލްތަކަށް އައިސްފައިވާ ބަދަލުތައް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އެގޮތުން ރޯދަ މަހުގެ ކުރިން ހާހަކާ ގާތްކުރާ އަދަދަކަށް ކަރަންޓް ބިލަށް އެރި ނަމަވެސް، މިފަހަރު ފޮނުވި ކަރަންޓް ބިލް ތިންހާ ގާތްކުރާ ކަމަށް އޭނާ ކިޔައިދިނެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ކުއްލިއަކަށް ބިލް މިހާ ބޮޑުވާންޖެހޭ ސަބަބެއް. އަޅުގަނޑުމެން އިތުރަކަށް ކަރަންޓެއް ބޭނުމެއް ނުކުރަން،" ރަށަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލުމާއެކު ފެނަކައިން ވަނީ ބޮޑު ކަރަންޓް ބިލްތައް ފޮނުވި ފޮނުވުން ދިފާއުކޮށް ބަޔާނެއް ނެރެފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާޗު މަހުު ރީޑިން ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސް މަހުގައި ވެސް އަމަލު ކުރަމުންދާ އުސޫލު ކަމަށެވެ. އެ ކުންފުނިން އަމަލު ކުރަމުންދާ އުސޫލަކީ ގާނޫނާއި ގަވާއިދުތަކުން ކަނޑައެޅި އާންމުކޮށްފައިވާ އުސޫލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ހިދުމަތް ދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކުރުމުގައި ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ތައްޔާރު ކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކް ކުރަން ބޭނުންވެއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ކޮންމެ އަހަރެއްގެ މާޗް އަދި އޭޕްރީލް މަހަކީ އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ ދުވަސްވަރު ކަމަށް ވާތީ، އެކަމަށް ސަމާލުކަން ދިނުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަޖިލިސް މެމްބަރުން ކަސްތޮޅު އެޅުވި މައްސަލާގެ ހުކުމް ބުދަ ދުވަހު
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން
އާލިއާ ބޭނުންވަނީ ރަހާ އެތުލީޓަކަށް ވާން
