އާންމުކޮށް އުމުރުން ދުވަސްވީ މީހުން އަރާމުކުރުމަށް އިސްކަންދިން ނަމަވެސް، ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަންގެ ވިސްނުން ހުރީ މުޅިން ތަފާތުކޮށެވެ.
އޭނާގެ އަމިއްލަ ބްލޮގްގައި ލިޔެފައިވާ ގޮތުގައި، އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު އުފަލަކީ މަސައްކަތް ނިންމައި، އެއިން ލިބޭ ހިތްހަމަޖެހުމެވެ.
ނިދުމަށްވުރެ މަސައްކަތް މުހިންމުވަނީ ކީއްވެ؟
އަމީތާބް ބުނި ގޮތުގައި، ގިނަ ފަހަރަށް ރޭގަނޑު ދަންވަރު ނިދިނުލިބި ހޭލާ ހުންނަން ޖެހެނީ ކުރަން ހުރި މަސައްކަތްތައް ފުރިހަމަ ކުރުމަށެވެ. އެގޮތުން މަސައްކަތެއް ހަވާލުވުމުން އެކަން އެންމެ ފުރިހަމައަށް ނިންމުމަކީ އޭނާގެ އާދައެއް ކަމަށް އޭނާ ބުނެ އެވެ.
އެއާއެކު އޭނާ ގަބޫލުކުރާ ގޮތުގައި ވަގުތަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. ނިދުމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި އުފެއްދުންތެރި ކަމެއްގައި ވަގުތު ހޭދަކުރުން މާ ރަނގަޅު ކަމުގައި އޭނާ ދެކެ އެވެ.
އޭގެ އިތުރުން މަސައްކަތް ނިންމާލުމަށްފަހު ލިބޭ އުފަލަކީ އެއްވެސް ނިދި ފުރިހަމަކުރުމަކުން ލިބޭނެ އުފަލެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އުމުރުން 83 އަހަރުގައި ވެސް އަމީތާބް އަންނަނީ ފިލްމީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ކޯން ބަނޭގާ ކްރޮރެޕަތީއާއި އެކި ފިލްމުތަކުގެ ޝޫޓިންގް އާއި ޑަބިންގް މަސައްކަތްތައް ހިމެނެ އެވެ.
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި
މުއިއްޒަށް ގަޒުފް ކުރި ކަމަށް ތުހުމަތުކޮށް އާސިފް ހާޒިރުކުރަނީ
ޓްރަމްޕާއި ޝީގެ ރަސްމީ ބައްދަލުވުން މިއަދު ބެއިޖިންގައި ބާއްވަނީ