ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އެމިލީ ބްލަންޓްއާއި ސްޓޭންލީ ޓޫޗީއަށް އެ ދާއިރާގައި ދެވޭ އެންމެ ބޮޑު އެއް ޝަރަފު ކަމަށްވާ ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް އަރުވައިފި އެވެ.
އެ ދެ ތަރިންނަށް މި ޝަރަފު އަރުވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ހޮލީވުޑްގައި އެކަމަށް ބޭއްވި ވަރަށް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެމިލީއަށް ވޯކް އޮފް ފޭމްގެ 2،841 ވަނަ ތަރި ލިބިފައިވާއިރު ސްޓެންލީއަށް ލިބުނީ 2،842 ވަނަ ތަރިއެވެ. މި ދެތަރިންނަކީ ވެސް އެކުގައި މަސައްކަތް ކޮށްފައިވާ ދެ ތަރިންނެވެ.
އެގޮތުން އެ ދެތަރިން އެކުގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި މި ފަހުން ބޮޑު ކާމިޔާބީއެއް ހޯދި "ދަ ޑެވިލް ވެއާސް ޕްރާޑާ 2" ހިމެނެ އެވެ.
އެ ޝަރަފު ބަލައިގަންނަމުން އެމިލީ ދެއްކި ވާހަކައިގައި އޭނާ ވަނީ ހޮލީވުޑް ކެރިއަރުގައި އޭނާއަށް އެހީވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
މި ޝަރަފަކީ "ދަ ޑެވިލް ވެއާސް ޕްރާޑާ 2"އަށް ލިބުނު ބޮޑު ކާމިޔާބުގެ ނަތީޖާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެމިލީއާއި ސްޓޭންލީއާއެކު ދެން އެ ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދަނީ އޭން ހެތަވޭއާއި މެރީލް ސްޓްރީޕް އެވެ.
ބާވެ ހަލާކުވާ ނޫޓުތަކަށް މަރުކަޒީ ބޭންކުން ކުރަނީ ކީއް!
"ސަރުކާރުގެ ދަރަނި ދައްކަން ކަސްޓަމަރުންގެ ޑޮލަރު ނުދެން"
"ޕީސީއޯއެސް"އަށް މުޅިން އާ ނަމެއް!