އިންޑިއާގެ ޓީވީ ޑްރާމާތަކުގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ސިލްސިލާ ކަމަށްވާ 'ނާގިން' ގެ 7 ވަނަ ސީޒަން ނިންމާލުމަށް ތައްޔާރުވަމުން ދާއިރު، މި ފިނާލޭ ވެގެން ދާނީ ކުރިން ދުވަހަކު ވެސް ނުފެންނަ ވަރުގެ ބޮޑު އެޕިސޯޑަކަށެވެ.

ތަރިންގެ ބޮޑު އެއްވުމެއް

ލިބިފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު މި ސިލްސިލާގެ ފައިނަލް އެޕިސޯޑުގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ތަރިންތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި

  • ތޭޖަސްވީ ޕްރަކާޝް: 'ނާގިން 6' ގެ ކާމިޔާބު ބަތަލާ ތޭޖަސްވީ ޕްރަކާޝް މި އެޕިސޯޑުން ފެނިގެންދާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އޭނާގެ ބައިވެރިވުމަކީ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ.
  • އަނީތާ ހަސަނަންދާނީ: ނާގިންގެ ކުރީގެ ސީޒަންތަކުގައި ވިދާލި ހުނަރުވެރި ބަތަލާ އަނީތާ ހަސަނަންދާނީ ވެސް މި ފިނާލޭގައި ފެނިގެންދާނެ އެވެ.
  • ދިވްޔާ އަގަރްވާލް: މަޝްހޫރު ރިއަލިޓީ ޝޯތަކުންނާއި ޑްރާމާތަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ދިވްޔާ އަގަރްވާލް ވެސް މި ތަރިންގެ ލިސްޓުން ޖާގަ ހޯދާފައިވެ އެވެ.

'ނާގިން' ގެ ފިނާލޭއަކީ އަބަދުވެސް ވަރަށް ބޮޑެތި ޓްވިސްޓްތަކާއި، ހައިރާން ކުރުވަނިވި މަންޒަރުތަކެއް ހިމެނޭ އެޕިސޯޑެކެވެ. މިފަހަރުގެ ފިނާލޭގައި ތަރިންގެ ހާއްސަ ފެނިލުންތަކުގެ އިތުރުން، ވާހަކައިގެ ކްލައިމެކްސް އިން ބެލުންތެރިންނަށް ބޮޑު ސަޕްރައިޒެއް ލިބޭނެ ކަމަށް ޝޯގެ އުފެއްދުންތެރިން ވަނީ އިޝާރާތް ކޮށްފަ އެވެ.

އެއް ފްރޭމެއްގައި މިފަދަ ހުނަރުވެރި ތަރިންތަކެއް އެއްކޮށް ފެނިގެން ދިއުމަކީ، މި ސިލްސިލާގެ ފޭނުންނަށް ލިބޭނެ ވަރަ ށްހާއްސަ ހަދިޔާ އެކެވެ. މި އެޕިސޯޑު ދައްކާނީ ޖޫން މަހުގެ ހަތްވަނަ ދުވަހު އެވެ.