1970 އާއި 80ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ އެކްޓަރު ދަރްމެންދްރާއަށް އިންޑިއާގެ ދެވަނައަށް އެންމެ ޝަރަފުވެރި ގައުމީ އެވޯޑް "ޕަދްމާ ވިބުޝަން" އަރުވައިފި އެވެ.
ދަރްމެންދްރާ މަރުވިތާ ގާތްގަނޑަކަށް ހަ މަސް ފަހުން އޭނާއަށް މި ޝަރަފު އަރުވާފައިވަނީ ދާދި ފަހުން އިންޑިއާގެ ވެރިރަށް ދިއްލީގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ދަރްމެންދްރާގެ ފަރާތުން އެ އެވޯޑާ ހަވާލުވީ އޭނާގެ އަންހެނުން ހެމާ މާލިނީ އެވެ.
އިންޑިއާގެ ސަރުކާރުން ބުނެފައިވަނީ ދަރްމެންދްރާ މަރު ވުމަށް ފަހު ވެސް އެ ޝަރަފު އޭނާއަށް އެރުވީ ބައި ގަރުނެއްހާ ދުވަހު ބޮލީވުޑަށް އޭނާ ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
އެވޯޑާ ހަވާލުވުމަށްފަހު ފެންކަޅި ވެފައި ހުރެ މީޑިއާތަކާ ވާހަކަ ދައްކަމުން ހެމާ ބުނީ، މިއީ މުޅި އާއިލާއަށް ލިބުނު ނުހަނު ބޮޑު ފަހުރެއް ނަމަވެސް މި އުފާވެރި ވަގުތު ދަރުމެންދުރާ ދުނިޔޭގައި ނެތުމުން ހިތަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށެވެ.
"ދަރުމް ޖީ ވަނީ ހިންދީ ސިނަމާއަށް އަގު ނުކުރެވޭ ފަދަ ހިދުމަތް ތަކެއް ކޮށްދީފަ. އޭނާ ދުނިޔޭގައި ހުރިނަމަ މި އެވޯޑް ލިބުމުން ވަރަށް ބޮޑަށް އުފާވީސް. ބެލުންތެރިން އޭނާއަށް ދިން ލޯތްބާއި، ސަރުކާރުން މިކުރި ގަދަރު ފެނުމުން ހިތް ފުރިއްޖެ،" ހޭމާ އަސަރާއެކު ބުންޏެވެ.
ހިންދީ ސިނަމާގެ ތާރީހުގައި ފާހަގަ ކޮށްލެވޭ އެންމެ ނުފޫޒު ގަދަ އަދި ކާމިޔާބު އެއް އެކްޓަރު ކަމަށްވާ ދަރުމެންދުރާ ވަނީ އޭނާގެ ދިގު ފިލްމީ ދަތުރުގައި "ޝޯލޭ"، "ޔާދޯން ކީ ބާރާތު"، އަދި "ޗުޕްކޭ ޗުޕްކޭ" ފަދަ އެތައް ސަތޭކަ ފިލްމެއް ކުޅެފަ އެވެ. އޭނާ މަރުވުމަކީ ބޮލީވުޑަށް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.
މި ހަފުލާގައި ފިލްމީ ދާއިރާގެ އެހެން ފަންނާނުންނަށް ވެސް އެކި ދަރަޖައިގެ ޕަދްމާ އެވޯޑްތައް އަރުވާފައިވެ އެވެ. ނަމަވެސް، މުޅި ހަފުލާގެ އެންމެ އަސަރުގަދަ މަންޒަރަކަށް ވެގެންދިޔައީ، ހެމާ އޭނާގެ ފިރިމީހާގެ އެވޯޑާ ހަވާލުވި މަންޒަރެވެ.
މުއިއްޒާ ސުވާލުކޮށްގެން ޖަލަށްލި ޝަހްޒާން މިނިވަންވެއްޖެ
2039 ވަނަ އަހަރު މުސްލިމުންނާ 3 އީދު ބައްދަލު ކުރާނެ!
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި