ވަރުން ދަވަން، މުރްނާލް ތާކުރް އަދި ޕޫޖާ ހެގްޅޭ ލީޑް ރޯލުން ފެންނަ ކޮމެޑީ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒް ކޮށްވާއިރު ބޮކްސް އޮފީހުގައި މި ފިލްމަށް ލިބުނީ ފިނި ތަރުހީބެކެވެ.
އެއާއެކު މިއީ ވަރުން ދަވަންގެ ފިލްމީ ކެރިއަރުގައި ފުރަތަމަ ދުވަހު އެންމެ މަދުން އާމްދަނީ ލިބުނު އެއް ފިލްމަށް ވަނީ ވެފަ އެވެ.
ބޮކްސް އޮފީސް ޓްރެކްކުރާ ސެކްނިލްކްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޑޭވިޑް ދަވަން ޑައިރެކްޓްކުރި މި ފިލްމަށް އިންޑިއާއިން ފުރަތަމަ ދުވަހު ލިބުނީ 7.50 ކްރޯޑް ރުޕީސް އެވެ. މުޅި ދުނިޔެއިން ލިބުނު އާމްދަނީއަށް ބަލާއިރު ފުރަތަމަ ދުވަހުގެ ގްރޮސް ކަލެކްޝަން އުޅެނީ 11 ކްރޯޑް ރުޕީސްގަ އެވެ.
މި ފިލްމަށް ލިބުނު ނަންބަރުތަކަކީ ވަރުންގެ އެންމެ ފަހުގެ ސޯލޯ ފިލްމުތައް ކަމަށްވާ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" (10 ކްރޯޑް) އަދި "ބޭބީ ޖޯން" (11.25 ކްރޯޑް) އާ އަ ޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.
މީގެ 14 އަހަރު ކުރިން ފިލްމީ ދާއިރާއަށް ނުކުތް ވަރުންގެ ފުރަތަމަ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އަށް ވެސް ފުރަތަމަ ދުވަހު މިވަރުގެ އާމްދަނީއެއް ލިބުނެވެ. ވަރޫންގެ ކެރިއަރުގައި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދީ 2017 ގައި ނުކުތް "ޖުޅްވާ 2" (16 ކްރޯޑް) އެވެ.
އިންޑިއާގެ 2500 އަށްވުރެ ގިނަ ސްކްރީންތަކުގައި މި ފިލްމު ދެއްކި ނަމަވެސް، ތިއޭޓަރުތައް ފުރުނު ނިސްބަތް އުޅުނީ 20 ޕަސެންޓްގަ އެވެ. ހެނދުނުގެ ޝޯތަކަށް ވަނީ އެންމެ ނުވަ ޕަސެންޓް މީހުންނެވެ.
ރޭގަނޑުގެ ޝޯތަކުގައި މި އަދަދު 30 ޕަސެންޓްއަށް މަތިވި ނަމަވެސް ފިލްމަށް ލިބުނު ރިވިއުތައް މާ ރަނގަޅެއް ނޫނެވެ. ފާޑުކިޔުންތެރިންގެ ފާޑުކިޔުންތައް ހުރި ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި އޮތީ ސުވާލެއްގެ ތެރޭގައެވެ.
މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ވަރުންގެ ބައްޕަ ޑޭވިޑް ދަވަންގެ ފަހު ފިލްމު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ ވަނީ މި ފިލްމަށްފަހު ރިޓަޔާ ކުރަން ނިންމާފަ އެވެ
.ބޮކްސް އޮފީހުގައި މި ފިލްމަށް ވާދަވެރިކަން ކުރިމަތިވީ ބޮބީ ޑިއޯލްގެ "ބަންދަރް" އަދި ރާމް ޗަރަންގެ ތެލެގޫ ފިލްމު "ޕެޑީ" ގެ ހިންދީ ވާޝަންއާ އެވެ.
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
ތިމާވެށި ރައްކާތެރިނުކުރާތީ ކަންބޮޑުވުން