ބޮލީވުޑްގެ މަޝްހޫރު އަދި އޭނާގެ ތަފާތު ހެދުންތަކުގެ ސަބަބުން އަބަދުވެސް ސަމާލުކަން ހޯދާ ޓީވީ ތަރި އުރްފީ ޖާވީދުގެ މޫނު މީގެ އަހަރެއްހާ ދުވަސް ކުރިން ވަރަށް ބޮޑަށް ދުޅަވެ ރަތްވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. ގިނަ ބަޔަކު ތުހުމަތުކުރީ އޭނާ މޫނު ރީތިކުރަން ޖެހި ފިލާސް ގޯސްވެ މޫނު ހަލާކުވީ ކަމަށެވެ.
ނަމަވެސް އުރްފީ ދާދިފަހުން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ވަނީ މިކަމުގެ އަސްލު ހަގީގަތް ހާމަކޮށްފަ އެވެ. އުރްފީ ބުނި ގޮތުގައި އޭނާގެ މޫނު އެގޮތަށް ދުޅަވީ އެއްވެސް ކޮސްމެޓިކް ފިލާއެއްގެ ސަބަބުންނެއް ނޫނެވެ.
އުރްފީ ކިޔައިދިން ގޮތުގައި އޭނާގެ މޫނު ބަދަލުވީ ހަށިގަނޑުގައި ސްޓްރެސް ހޯމޯން ނުވަތަ ކޯޓިޒޯލް މަތިވުމާއ، ދިމާވި ވަރުގަދަ އެލާޖީއެއްގެ ސަބަބުންނެވެ. އޭނާގެ ގޭގައި ތިން ބުޅާ ގެންގުޅޭއިރު އޭނާއަކީ ބުޅަލަށް އެލާޖިކްވާ މީހެއްކަން ކުރިން އެނގިފައެއް ނުވެ އެވެ.
"އަހަރެންގެ މޫނު ދުޅަވުމުން ގިނަ ޑޮކްޓަރުންނަށް ދެއްކިން. ބައެއް ޑޮކްޓަރުން ބުނީ އެއީ ސައިނަސް މައްސަލައެއް ކަމަށް. އެކަމަކު ފަހުން އެނގުނީ އަހަރެން މިއީ ބުޅަލަށް ވަރަށް ބޮޑަށް އެލާޖިކްވާ މީހެއްކަން. އޭރު މާ ލަސްވެއްޖެ، ސަބަބަކީ އަހަރެން އޭރު އުޅެނީ އެ ތިން ބުޅަލާއެކު އެއް އެޕާޓްމަންޓެއްގައި" އުރްފީ ކިޔައިދިނެވެ.
މި މައްސަލައިން ސަލާމަތްވުމަށްޓަކައި އުރްފީ މިހާރު ވަނީ އޭނާގެ ސިއްހަތަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
އޭނާ ބުނިގޮތުގައި ކުރިން ހިކެން ބުނުމުން އޭނާ ހުންނަނީ ނުކަ އެވެ. ނަމަވެސް މިހާރު ސިއްހަތަށް އިސްކަންދީގެން ރަނގަޅަށް ކާން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، އެލާޖީ ކޮންޓްރޯލް ކުރުމަށްޓަކައި އިމިއުނޯތެރަޕީ ނަގަން ފަށާފައިވާ ކަމަށާއި ކަސްރަތުކޮށް ބަރުދަން އުފުލަން ވެސް މިހާރު ފަށާފައިވާ ކަމަށް އުރްފީ ހާމަކުރި އެވެ. މި ބަދަލުތަކާއެކު މިހާރު އޭނާގެ މޫނު ކުރިއަށްވުރެ މާ ރަނގަޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އުރްފީ ޖާވީދަކީ އިންޑިއާގެ ރިއަލިޓީ ޝޯތައް ކަމަށްވާ "ސްޕްލިޓްސްވިލާ އެކްސް 6" އަދި "ފޮލޯ ކަރްލޯ ޔާރް" ފަދަ ޝޯތަކުން ފެނިގެން ގޮސްފައިވާ މަގުބޫލު ތަރިއެކެވެ.
ޗާގޯސް ޖަޒީރާތައް ގަތުމަށް އެމެރިކާއިން ވިސްނަނީ: ރިޕޯޓް
ސިކުނޑީގެ ޓިއުމަރެއްގެ ފުރަތަމަ އަލާމާތްތައް!
ފިނޭންސް މިނިސްޓަރު ޒަމީރު އިސްތިއުފާ ދީފި