ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ރިޕޯޓު ފޮތް ދިނުމަށްފަހު ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން 12 ދުވަހުގެ ޗުއްޓީއެއް މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރުގައި ބަޔާންކޮށްފައިވާ ގޮތުން، ދަރިވަރުންނަށް މިއަދު ލިބުނު 12 ދުވަހުގެ ކުރު ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 2 ވަނަ ދުވަހު އެވެ.
މިއަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރުން ހިންގާ 217 ސްކޫލެއްގައި 81،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. މި ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި 9،950 މުދައްރިސުން ހަރަކާތްތެރިވެ އެވެ.
މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކުގައި އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ކިޔަވަމުންދާ ދަރިވަރުންނެވެ.
މިއަހަރުގެ ތެރޭގައި ސްކޫލްތަކަށް ކުދިން ބަދަލުވުމުގެ ނިސްބަތަށް ބަލާއިރު، އަތޮޅުތެރޭގެ ރަށްރަށުން މާލެއަށް 1،530 ދަރިވަރުން ބަދަލުވެފައިވެ އެވެ. އަދި މާލޭގެ ސްކޫލްތަކުން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
އީރާނުން އެމެރިކާގެ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާ
އެލްޖިއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި
