ދިރާގުން ކުރިއަށްގެންދާ ފޯރި ލަކީ ޑްރޯ ނިމުމާ ގާތްވެފައިވާއިރު މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމު ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވިފަ އެވެ.

ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް، ފައިބާ ބްރޯޑްބޭންޑް އަދި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

މި ގޮތުން، މި ޕްރޮމޯޝަންގެ ދަށުން ފުޓްބޯޅަ މޫސުމުގެ ކޮންމެ ރައުންޑެއް ނިމުމަށް ފަހު ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

32ވަނަ ރައުންޑް: 32 ނަސީބުވެރިއަކަށް 100 ޖީބީ ޑޭޓާ

16ވަނަ ރައުންޑް: 16 ނަސީބުވެރިއަކަށް ޖޭ.ބީ.އެލް ޓިއުން 730ބީޓީ ހެޑްފޯން

ކުއާޓަ ފައިނަލް: 8 ނަސީބުވެރިއަކަށް ޖޭބީއެލް ކްލިޕް 5 ސްޕީކާ

ސެމީ ފައިނަލް: 4 ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން

ފައިނަލް: 1 ނަސީބުވެރިއަކަށް 65އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީ

މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވައިލައިފަ އެވެ. މި ގޮތުން ދިރާގުއެޕްގައިވާ "ޖެހީ ލިބުނީ" އިން ސަޕޯޓްކުރާ ޓީމެއް އިހްތިޔާރުކުރުމަށް ފަހު، ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ އާ ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

މީގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 100 ރުފިޔާ އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓަރއެއް އެކްޓިވޭޓް ކޮށްގެން ބައިވެރިވެވޭއިރު، ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ޕެކޭޖް އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި، ޑިޖިޓަލް ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް "ފޯރި ލަކީ ޑްރޯ" ގައި ބައިވެރިވެވޭނެ އެވެ.

ފޯރި ލަކީޑްރޯއާއި ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ:

ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.