ލަންކާގެ މަޝްހޫރު ވިޔަފާރި "ހައުސް އޮފް ފެޝަންސް"ގެ ވެރިޔާ އަދި މެނޭޖިން ޑައިރެކްޓަރު ޕްރީތީ ޖަޔަވަރްދަނަ، ކަސްޓަމްސްގެ ގަވާއިދުތަކާ ހިލާފުވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
ސްރީލަންކާގެ ކަސްޓަމްސް އޮފިސަރުން ޖަޔަވަރްދަނަ ހައްޔަރުކުރީ، މުދަލުގެ އަގު ކަނޑައެޅުމާ ގުޅޭގޮތުން އެ އިދާރާއިން ކުރިއަށްގެންދާ ހާއްސަ ތަހުގީގަކާ ގުޅިގެންނެވެ.
ކަސްޓަމްސްގެ އިސް އޮފިޝަލަކު އެ ގައުމުގެ މީޑިއާއަށް ބުނި ގޮތުގައި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ޖަޔަވަރްދަނާއަށް ހިތުގެ އާލާސްކަންފުޅެއް ކުރިމަތިވުމުން، ވަގުތުން ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ އެޑްމިޓްކޮށްފަ އެވެ.
މީގެއިތުރުން، ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ހޮސްޕިޓަލަށް ވަޑައިގެން އޭނާގެ ހާލަތު ބެއްލެވުމަށްފަހު، ބަންދުގައި ބެހެއްޓުމަށް (ރިމާންޑް ކުރުމަށް) ވަނީ އަމުރުކުރައްވާފަ އެވެ.
އަބީޝޭކްގެ ސަބަބުން ޝާހްރުކް ޚާންއަށް އައިޝްވާރްޔާ ނޫނެކޭ ބުނި؟
ފިލްމެއް ޕްރޮމޯޓް ކުރަން ހޮލީވުޑް ބިލްބޯޑުގައި މީހަކު ދިރިއުޅެނީ!
އިސްދޫގައި ހުއްދަ ނުނަގައި ގިނަ އަދަދެއްގެ ރުއްތަކެއް ނަގައިފި