ދިރާގު ފިންޓެކްއާއި ޝީޝާ ގުޅިގެން، ހޮންޑާ އެއަރ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މި ޕްރޮމޯޝަންގައި، ދިރާގުޕޭ މިހާރުވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް 31 ޑިސެންބަރުގެ ނިޔަލަށް ބައިވެރި ވުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން، ދިރާގުޕޭ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއެކު، ގުރުއަތުން ހޮވުމުގެ ފުރުސަތު އިތުރު ކުރުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ހަދިޔާކުރާ ހޮންޑާ އެއާ ބްލޭޑް ސައިކަލަކީ ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ އިން ހަދިޔާ ކޮށްދޭ ސައިކަލެކެވެ. މި ސައިކަލު ލިބޭ ނަސީބުވެރިޔާއަށް ސައިކަލުގެ ހިދުމަތްތަކުން އުމުރު ދުވަހަށް %15 ގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި ހޮންޑާގެ ތަމްރީނު ލިބިފައިވާ ޓެކްނީޝަނުންގެ އިތުބާރު ހިފޭ ހިދުމަތްތަކާއެކު، ސައިކަލަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ޝީޝާ މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުންނާނެ އެވެ.

ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.

މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންނަށް ރައްކާތެރި، ހަލުއި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ދިރާގު ފިންޓެކްއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.